އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަނަންދު ރާއީއާއި ޝާހުރުޚް ޚާންގެ ފިލްމުގެ ނަމަކީ 'ޒީރޯ'

އަނަންދު ރާއީއާއި ޝާހުރުޚް ޚާންގެ ފިލްމުގެ ނަމަކީ 'ޒީރޯ'


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 56 ސިކުންތު

ޑައިރެކްޓަރު އަނަންދު ރާއީއާއި ބޮލީވުޑްގެ ފިލްމީ ތަރި ޝާހުރުޚް ޚާން އެކުގައި މަސައްކަތްކުރާ ފުރަތަމަ ފިލްމުގެ ނަން އިއުލާންކޮށްފިއެވެ.

މި ފިލްމުގެ ނަމަކީ 'ޒީރޯ' ކަމުގައި ޝާހު އިއުލާންކުރީ އޭނާގެ ޓްވިޓާ އެކައުންޓްއުންނެވެ. ޝާހް އަދި ފިލްމުގެ ޑައިރެކްޓަރު އާނަންދު ބުނެފައިވަނީ މިއަދު މި ނަން އިއުލާންކުރަން ނިންމީ އާ އަހަރުގެ މުނާސަބަތުގައި ފޭނުންނަށް ދިން ހަދިޔާއެއްގެ ގޮތުގައެވެ.

މި ފިލްމުގައި ޝާހުއާއެކު ފެނިގެންދާނެ ބަޠާލާއިންނަކީ އަނުޝްކާ ޝަރުމާ، އަދި ކެޓްރީނާ ކެއިފްއެވެ. މި ތިން ތަރިން ވަނީ މީގެ ކުރިން 'ޖަބް ތަކްހޭ ޖާން' ފިލްމުން އެކުގައި ފެނިގެން ގޮސްފައެވެ. އަނުޝްކާއާއެކު ޝާހު މަސައްކަތްކުރާ މިއީ ހަތަރުވަނަ ފިލްމެވެ. އެންމެ ފުރަތަމަ މި ދެ ތަރިން ފެނިފައިވަނީ 'ރަބްނެ ބަނާދީ ޖޯޅީ' ގައެވެ. އޭގެ ފަހުން މި ނިމިދިޔަ އަހަރު 'ޖަބް ހެރީ މެޓް ސެންޖަލް' އުން ވެސް މި ދެ ތަރިން އެކުގައި ފެނިގެން ގޮސްފައިވެއެވެ.

ޒީރޯ ފިލްމު ނެރުމަށް ތާވަލުކޮށްފައިވާ ތާރީޚަކީ 21 ޑިސެމްބަރު 2018 އެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް