40 ޕްލަސް ގެ ޝޫޓިންގ އާއި އެޑިޓިންގ އެއްކޮށް ނިމިއްޖެ، އާތަރިންގެ އެކްޓިންގ ވެސް އެހާމެ ފުރިހަމަ

40 ޕްލަސް ގެ ޝޫޓިންގ އާއި އެޑިޓިންގ އެއްކޮށް ނިމިއްޖެ، އާތަރިންގެ އެކްޓިންގ ވެސް އެހާމެ ފުރިހަމަ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 10 ސިކުންތު

މިދިޔަ އަހަރު ނިކުތް ދިވެހި ފިލްމުތަކަށް ބަލާއިރު އެންމެ ގިނަ ބަޔަކަށް ކަމުދިޔަ އެއް ފިލްމަކީ ޔޫއްޕެ ޕްރޮޑަކްޝަންސް އާއި އެންވިޝަން އެންޓަރޓެއިންމެންޓްގެ ފަރާތުން ރިލީޒް ކުރި ފިލްމު "ނޯޓީ ފޯޓީ" އެވެ.

އެފިލްމުގެ ކާމިޔާބީއަށްފަހު މިއަހަރު އެފިލްމުގެ ދެވަނަ ބައި ކަމުގައިވާ "40 ޕްލަސް" ގެ ޝޫޓިންގ ތ. ބުރުނީ ގައި ނެގުމަށްފަހު މިއަދު ހަވީރު ފިލްމުގެ ހުރިހާ ތަރިންނާއި ކްރޫއިން، އެނބުރި މާލެ އައީ ފިލްމުގެ ހުރިހާ ޝޫޓިންގ އެއް ނިންމާލުމަށްފަހު ނުހަނު ހިތްހަމަ ޖެހުމާއިއެކުއެވެ.

"ފިލްމުގެ މުޅި ޝޫޓިންގ އާއި އެޑިޓިންގ ގެ ހުރިހާ މަސައްކަތެއް ވެސް މިހާރު ވަނީ އެއްކޮށް ނިމިފައި" ފިލްމާއިމެދު މައުލޫމާތު ދެމުން "ފޯޓީ ޕްލަސް" ގެ ޕްރޮޑިއުސަރ އިސްމާއިލް ޝަފީގު ބުނެފައިވެއެވެ.

ހުރިހާ ރަހައެއް އެކުލެވޭ "ނޯޓީ ފޯޓީ" ގެ ކާމިޔާބީއަށް ފަހު މިހާރު ގިނަ ބެލުންތެރިން އިންތިޒާރު ކުރަމުންދަނީ "ފޯޓީ ޕްލަސް" ރިލީޒް ކުރާނެ ދުވަހަށް ކަމާއިމެދު ޝައްކެއް ނެތެވެ. ޝަފީގު ބުނިގޮތުގައި މިފިލްމު ޕްރިމިއާރ ކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހަށް ފަހުއެވެ.

"ފިލްމު ޕްރިމިއަރ ކުރާނީ ރޯދައިގެ ފަހުން. ޕްރިމިއާ ކުރާނެ ދުވަހެއް ފަހުން އިއުލާނު ކުރެވޭނެ" ޝަފީގު ބުންޏެވެ.

"40 ޕްލަސް" އަކީ ގިނަ އަދަދެއްގެ އައު ތަރިންވެސް ހިމެނޭ ފިލްމެއް ކަމަށް ވުމާއިއެކު އެތަރިންގެ އެކްޓިންގ އާއިމެދި ޝަފީގު ބުނެފައިވަނީ ހުރިހާ ތަރިންގެ ޕަރފޯމަންސް ވެސް ވަރަށް ރަނގަޅު ކަމަށެވެ.

"ހިއެއް ވެސް ނުވޭ އަލަށް މިދާއިރާއަށް ނިކުތް ތަރިންތަކެއްހެން ވެސް. އެކްޓިންގ އެއްވެސް ވަރަކަށް ސަކަރާތެކޭ ނުބުނާނަން. އެހާމެ ފުރިހަމަ. ޔޫއްޕެ ހަމަ އެންމެ ބޭނުންވި ވަރަށް ތަރިންނަށްވަނީ އެކްޓިންގ ދައްކުވާ ދެވިފަ" މިފިލްމުގައި ހަރަކާތްތެރިވާ ފިލްމީ ދާއިރާއަށް އަލަށް ތަޢާރަފްވާ ތަރިންނާއިމެދު ވާހަކަ ދައްކަމުން ޝަފީގު ބުންޏެވެ.

ޔޫއްޕެ ގެ އަމިއްލަ ސްކްރީންޕްލޭއަކަށް ޑައިރެކްޓު ކުރާ "40 ޕްލަސް" ގައި ގިނަ ސްޓަންޓް މަންޒަރުތަކެއްވެސް ހިމެނެއެވެ. އެމަންޒަރުތައް ނަގާފައިވަނީ އަލީ ސީޒަންގެ ބެލުމުގެ ދަށުންނެވެ.

މިފިލްމުގައި ހިމެނޭ މައިގަނޑު ތަރިންނަކީ ނޯޓީ ފޯޓީ އިންވެސް ލީޑް ރޯލުން ފެނިގެންދިޔަ ޔޫސުފް ޝަފީއު (ޔޫއްޕެ)، އަޙުމަދު ސައީދު، މުޙައްމަދު މަނިކު، އަލީ ސީޒަން، ފާތިމަތު އާޒިފާ (އަޒޫ)، އަލީ އާޒިމް (ދޮން އައްޔަ) ގެ އިތުރުން އަލީ ޝާހިދު (ސްޓެޕް އައްޔަ)، ޝީލާ ނަޖީބު، މުޙައްމަދު ފައިސަލް، މަރިޔަމް ޝަކީލާ، އަދި އަޙުމަދު އީސަ އެވެ.އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މަރިޔަމް ވަހީދާ