އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނަން ބަދަލުކުރި ކަމުގައިވިޔަސް، ފިލްމުގެ ބައެއް މަންޒަރު ބަދަލު ނުކުރަނީސް "ޕަދްމާވަތު" އެޅުވިޔަ ނުދޭނަން- ކަރްނީ ސެނާ

ނަން ބަދަލުކުރި ކަމުގައިވިޔަސް، ފިލްމުގެ ބައެއް މަންޒަރު ބަދަލު ނުކުރަނީސް "ޕަދްމާވަތު" އެޅުވިޔަ ނުދޭނަން- ކަރްނީ ސެނާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 37 ސިކުންތު

ބޮލީވުޑް އިން މިދިޔަ އަހަރު އުފެއްދި ފިލްމުތަކުގެ ތެރޭގައި އެންމެ މައްސަލަ ބޮޑު ފިލްމަކަށް ވެފައިވަނީ ސަންޖޭ ލީލާ ބަންސާލީ ގެ އެންމެ ފަހުގެ ފިލްމު ކަމުގައިވާ "ޕަދްމާވަތު" އެވެ.

ރާޖްޕޫތުގެ ކަރްނީ ސެނާ ޕާޓީ އިން ބުނެފައިވަނީ، އެފިލްމަކީ ރާޖްޕޫތުގައި މީގެ ސަތޭކަ އެތައް އަހަރުތަކެއް ކުރިން ދިރިއުޅުނު ރާނީ ޕަދްމާވަތީ ގެ ނަމަށް ހުތުރު އަރުވާފައިވާ ފިލްމެއް ކަމަށާއި ރާޖްޕޫތުގެ ތާރީޚާއިން އެފަދައިން ކުޅުނު ނުދެވޭނެ ކަމަށެވެ.

ފިލްމާއިމެދު ގިނަ ބަޔަކު ނުރުހި، އެމައްސަލަ ވަރަށް ބޮޑަށް ހޫނުވުމުގެ އިތުރުން، ކަރްނީ ސެނާ ގްރޫޕުން ވަނީ ފިލްމުގެ ޕްރޮޑިއުސަރ އަދި ޑައިރެކްޓަރ ސަންޖޭލީލާ ބަންސާލީ އާއި ލީޑް އެކްޓްރެސް ދިޕިކާ ޕަޑުކޯން ގެ ކަރުބުރިކޮށްލައިގެން ގެނެސްދިން މީހަކަށް ފަސް ކްރޯޑް ރުޕީސް ދޭނެ ކަމަށް ވެސް ބުނެފައެވެ. އެކަމުގެ ސަބަބުން އެދެމީހުންނަށް އިންޑިއާ ފުލުހުން ވަނީ ހިމާޔަތްވެސް ދީފައެވެ.

މައްސަލަ މާބޮޑަށް ހޫނު ވުމުގެ ސަބަބުން، އިންޑިއަން ފިލްމު ސެންސަރު ބޯޑަށް ކަރްނީ ސެނާ ގްރޫޕުގެ ފަރާތުން އެމައްސަލަ ހުށަހަޅިއެވެ. އެފަރާތުން ކަނޑައެޅީ ފިލްމަށް ކުރިން ދެވިފައިވާ ނަން "ޕަދްމާވަތީ"، އެހެން ނަމަކަށް (ޕަދްމާވަތު އަށް) ބަދަލު ކުރުމަށްފަހު ފިލްމު ޕްރިމިއަރ ކުރުމަށެވެ.

އެފަދައިން ކަންތައްކޮށް "ޕަދްމާވަތު" ފިލްމު މިމަހުގެ 25 ވަނަ ދުވަހު ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވީ ނަމަވެސް، ރާޖްޕޫތުގެ ކަރްނީ ސެނާ ގްރޫޕުން އަދިވެސް ދަނީ މިފިލްމު އެޅުވުމާއި ދެކޮޅު ހަދަމުންނެވެ.

އިންޑިއާގެ ހަތަރު ސްޓޭޓެއް ކަމުގައިވާ ރާޖަސްތާން، މަދްޔަ ޕްރަދޭޝް، ގުޖްރާތު އަދި ހަރްޔާނާ ގައި މިހާރުވެސް މިފިލްމު އެޅުވުން މަނާ ކޮށްފައިވާއިރު، ކަރްނީ ސެނާ އިން މިހާރުވެސް ބުނަމުންދަނީ ފިލްމުގެ ބައެއް މަންޒަރުތައް ބަދަލު ކުރުމުން ނޫނީ އެފިލްމު އެޅުވިޔަ ނުދޭނެ ކަމަށާއި ފިލްމު އަޅުވާ ކޮންމެ ތިއޭޓަރެއްގައި ރޯކޮށްލާނެ ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ