އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުރި ކުށެއް ނުދެއްކޭ- މަޝްވަރާތައް ދާދިއަވަހަށް ނިމިދާނެ: ޕްރިންސް އަލްވަލީދު

ކުރި ކުށެއް ނުދެއްކޭ- މަޝްވަރާތައް ދާދިއަވަހަށް ނިމިދާނެ: ޕްރިންސް އަލްވަލީދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 49 ސިކުންތު

ކުރެއްވި އެއްވެސް ކުށެއް ސަރުކާރަށް އަދިވެސް ނުދެއްކޭ ކަމަށާއި ސަރުކާރާއިއެކު ކުރައްވަމުން ގެންދަވަނީ މަޝްވަރާތަކެއް ކަމަށާއި ދާދި އަވަހަށް މަޝްވަރާތައް ނިމިދާނެކަމަށް ސައުދީގައި ހައްޔަރުކޮށްފައިވާ ޕްރިންސް އަލްވަލީދް ވިދާޅުވެއްޖެއެވެ.

ޕްރިންސް އަލްވަލީދު ބަންދުކޮށްފައިވާ ކާލް ރިޒް ހޮޓަލުގައި އެމަނިކުފާނު ހުންނަވާ ސުއީޓުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕްރިންސް ވިދާޅުވީ މިހައިތަނަށް އައިއިރުވެސް، ބަންދުގައި ހުންނަވާތާ 2 މަސް ދުވަސްވެގެންދިއައިރުވެސް ޤާނޫނާއި ޚިލާފަށް އެމަނިކުފާނު ކުރައްވާފައިވަނީ ކޮން ކަމެއްކަން ސަރުކާރަށް ބުނެދެވިފައި ނުވާ ކަމަށެވެ.

"އެހެންވީމާ ޤަބޫލެއް ނުކުރަން ސަރުކާރަށް ދޭންޖެހޭ ފައިސާއެއް އަހަރެންގެ އަތުގައި ހުންނާނެ ކަމަކަށް. އަދި އެއްވެސް އެސެޓެއްވެސް ދޭންޖެހޭނެ ކަމަކަށް. ދުނިޔޭގައި ހުރި އަހަރެންގެ އެސެޓުތައް ހޯދިގޮތް ލިޔެކިޔުންތަކުން ފެންނާނެ."

17 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓްތައް ގެންގުޅުއްވާ ޕްރިންސް އަލްވަލީދު ވިދާޅުވީ ބައިނަލްއަޤްވާމީ ވިޔަފާރިއެއްގައިވެސް އަދި ޤައުމުގެ އެތެރޭގެ ވިޔަފާރިއެއްގައިވެސް އެއްވެސް ކަމެއް ޤަވާއިދާއި ޚިލާފަށް ކުރައްވާފައި ނުވާނެ ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް