އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކަންމަތީ ފިހާރަ ހުސްވެއްޖެ- ފެނެއް ކާޑެއް ނެތް!

ކަންމަތީ ފިހާރަ ހުސްވެއްޖެ- ފެނެއް ކާޑެއް ނެތް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 5 ސިކުންތު

ކަންމަތީ ފިހާރަ ހުސްވެއްޖެއެވެ. އެއްވެސް ބާވަތެއްގެ ފެން ކޭހެއް ނެތެވެ. ސޭޓު ބުނީ ފެން ނުލިބޭތާ 4 ދުވަސްވަރު ވެއްޖެ ކަމަށެވެ.

މިއަދުވެސް ގުޅި ކަމަށާއި މިރޭ ފޮނުވައިދެވޭތޯ ބަލާނެކަމަށް ބުނި ކަމަށެވެ. ޕިކަޕު ޚަރަދު ދޭ ގޮތަށް ކާޑު ފޮނުވައިދޭން އެދުމުން ބުނީ މިއަދަށް އޯޑަރުތައް ފުރިފައިވާ ކަމަށެވެ.

ފިހާރައިން ފެެން ވިއްކީ 3 ރުފިޔާއަށް ފުޅިއެކެވެ. ފިހާރައިގާ ފެންނެތުމުން ކުދިންގެ އިންޓޯލަށް ކަންމަތީ ހޮޓަލުން ގަންނަން ޖެހެނީ 5 ރުފިޔާއަށް ފުޅިއެކެވެ. ޖީއެސްޓީ އާއި ސަރވިސް ޗާޖް އިތުރަށް ދޭންޖެހެއެވެ.

މިއީ މުޅި މާލެހެން މިއަދު ކުރަމުން ގެންދާ ތަޖުރިބާއެވެ. މަދު ފިހާރައެއްގައި ނޫނީ ފެނާއި ކާޑުގެ ބާވަތްތައް ހަމައަކަށް ނެތެވެ.

ރައްޔިތުންގެ ގިނަ ބައަކު ބުނަނީ މިއީ މި ޤަވާއިދު ހެދި ބައަކަށް ނުއެނގުނު ނަމަވެސް ނުވަތަ އެނގިތިބެ ނުއެނގޭ ކަމަށް ހެދި ނަމަވެސް އެނގިގެން ޤަޞްދުގައި ބައަކު ކުރިމަތިކުރުވާފައިވާ ޙާލަތެއް ކަމަށެވެ.

މި ޤަވާއިދު ހެދުމުން މާރިޗް މަހުގެ 26 ވަަނަ ދުވަހު މިއަދުނޫހުގައި ވާނީ މި ޤަވާއިދަށް އަމަލުކުރަން ފެށުމުން މިހެންވާނެކަން ބަޔާންކޮށްފައެވެ. އެއީ ޤަވާއިދުގައި ހުރި ގަޑިތަކާއި ކަންކަމަށް ބެލުމުން މިދަތި ފޯރާނެކަން މިއަދުނޫހަށް ޤަބޫލުކުރެވޭތީއެވެ.

މަޖޫރީން ފީ ބޮޑުކުރުމުން އެމްޕީއެލް މުވައްޒިފުން ލައްވައި މުދާ ހެޔޮ އަގުގައި ނެރެދެވިދާނެއެވެ. ހަމަ އެފަދައިން މިފަދަ ހާލަތެއް ކުރިމަތިވުމުން ކާޑާއި ގޭހާއި ބޯފެން ވެސް ފޯރުކޮށްދެވޭނެ އިންތިޒާމެއް ހަމަނުޖައްސައި މި މައްސަލަތައް ޙައްލުކުރެވޭނެކަމަކަށް މިވަގުތަކު ޤަބޫލެއް ނުކުރެވެއެވެ.
އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު އިއްޔެ ވިދާޅުވީ މި ބަދަލަށް ހޭނެން މުއްދަތެއް ނަގާނެ ކަމަށެވެ. އެ މުއްދަތު ފާއިތުވަންދެން ނަމަވެސް ރައްޔިތުންނަށް ކާޑާއި ބޯފެނާއި ގޭސް ލިބެން އެބަޖެހެއެވެ.

ފެން ސަޕްލައިކޮށްދޭ ތާޒާ އާއި ލައިފުން މިހާރު ވަނީ އޯޑަރު ނެގުންވެސް ހުއްޓާލައިފައެވެ. ސަޕްލައި ނުކުރެވިގެންނެވެ. އެމްޕީއެލްފަދަ ކުންފުންޏެއްގެ ވެހިކަލްތަކާއި މުވައްޒިފުން ލައްވައި ތަންތަނުގައި ނުފޮނުވި ހުރި އޯޑަރުތައް ފޮނުވޭނެ ގޮތެއް ހަމަޖައްސައިދީފިނަމަ މައްސަލަ ހައްލުވާނެ ކަމަށް ބެލެވެއެވެ.

މިއަދުނޫހުގައި 25 މާރިޗްގައި ޝާއިއުކުރި ލިޔުން:

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް