އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހިލޭ އަންހެނަކާއެކު ފިރިމީހާ ގުޅުން ހިންގާކަން އެނގުމުން ޒަހުރާ އެދުނީ ލަސްނުކޮށް ދެއަނތްބަށް ކައިވެނި ކުރުމަށް

ހިލޭ އަންހެނަކާއެކު ފިރިމީހާ ގުޅުން ހިންގާކަން އެނގުމުން ޒަހުރާ އެދުނީ ލަސްނުކޮށް ދެއަނތްބަށް ކައިވެނި ކުރުމަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 53 ސިކުންތު

ތިމާ ލޯބިވާ ފިރިމީހާ އެހެން މީހަކާއިއެކު ހިއްސާ ކުރުމަކީ ނުވަތަ ފިރިމީހާ ދެއަނތްބަށް ކައިވެނި ކުރުމަކީ، މަދު އަންހެނަކު މެނުވީ ރުހޭނެ ކަމެއް ނޫނެވެ.

ގިނަ ފަހަރަށް ކަންތައްވާ ގޮތަކީ އެހެން މީހަކާއި ވެސް ކައިވެނި ކުރަން ބޭނުންވާ ވާހަކަ ފިރިމީހާ ބުނުމުން، އެންމެ ފުރަތަމަ އެކަމަށް ކުރެވެނީ އިންކާރެވެ. އެފަދައިން ކަންތައް ނުކުރުމަށް ފިރިމީހާ ގާތު ރޮއެ އާދޭސްވެސް ކުރެއެވެ. ބައެއް އަންހެނުން، އެއީ ކިތަންމެ ހިތްދަތިވާ ކަމެއް ކަމުގައި ވިޔަސް އެއީ އިމްތިހާނެއް ކަމުގައި ދެކި، ފިރިމީހާ ރުހޭ ގޮތަކަށް ކަންތައް ކުރަން ދޫކޮށްލައިގެން ލިބޭ މިންވަރަށް ޝުކުރު ކޮށްލައިގެން އިނދެއެވެ.

ނަމަވެސް ޒަހުރާގެ ވާހަކަ މުޅިން ތަފާތެވެ. އޭނާގެ ފިރިމީހާ ދެއަނތްބަށް މީހަކާ އިނުމަށް ފިރިމީހާ ގާތު ބުނީވެސް ޚުދު އޭނާއެވެ.

އުތުރުގެ ރަށަކަށް ނިސްބަތްވާ ޒަހުރާއަކީ އޭނާގެ އުމުރުން އެންމެ ކުޑައިރުން ފެށިގެންވެސް ދީނަށް ލޯބިކުރާ އަންހެނެކެވެ. ނަމާދު ކުރެވެން ހުރި ހާލަތެއްގައި އެންމެ ނަމާދެއްވެސް ނާޅާއިރު ގާތް މީހުންނަށް ވެސް ދޭ ނަސޭހަތަކީ ނަމާދުކޮށް ރަނގަޅަށް އުޅުމެވެ.

ކިޔަވާ ނިމުމަށްފަހު އޭނާ ކައިވެންޏެއް ކުރީ އުމުރުން 20 އަހަރުގައެވެ. އަދި އެދެމަފިރިންނަށް ދަރިއަކު ލިބުނީ އޭގެ ފަސް އަހަރު ފަހުން ކަމުގައި ޒަހުރާ ކިޔައިދިނެވެ.

ދަރިފުޅު ލިބުމަށްފަހު ފިރިމީހާއަށް ބަދަލުތަކެއް އަންނަން ފެށިކަން އޭނާއަށް ފާހަގަވިއެވެ. ޒަހުރާއާއި ދަރިފުޅުގެ ކަންކަމަށް އަޅައެއް ނުލައެވެ. ޚަރަދެއް ވެސް ނުކުރެއެވެ. ނަމަވެސް އޭގެން އެއްވެސް ކަމަކާ ޒަހުރާ ޝަކުވާއެއް ނުކޮށް ކެތްތެރިވެގެން ހުއްޓެވެ.

ފިރިމީހާ ކުރަމުންދިޔަ ކަންތައް ޒަހުރާއަށް ފަޅާއެރީ އިތުބާރު ކުރެވޭ ރަޙުމަތްތެރިއެއްގެ ފަރާތުންނެވެ. ޒަހުރާ ބުނި ގޮތުގައި އޭނާގެ ފިރިމީހާ އެރަށުގެ އެހެން ގޯއްޗަކަށް ދަން ގަނޑިތަކުގައި ވަންނަ މަންޒަރު އެރަހުމަތްތެރިޔާއަށް ވަނީ ފެނިފައެވެ.

ފިރިމީހާއަށް ފާރަލާން ޒަހުރާ ބޭނުމެއް ނުވިއެވެ. ނަމަވެސް ހަގީގަތް ހޯދަން ބޭނުންވާތީ ފިރިމީހާ ގާތު އެވާހަކަ އެހުމަށް ނިންމިއެވެ. ޒަހުރާ ގާތު ދޮގު ނުހަދާނެ ކަމަށް އެއިރުވެސް ފިރިމީހާއަށް އިތުބާރު ކުރިއެވެ.

ބުނި މީހެއް ނުބުނެ، ޒަހުރާ އެރޭ ފިރިމީހާ ގާތު އެވާހަކަ އެހިއެވެ. އަދި ތެދު ހަދާނެ ކަމަށް އިތުބާރު ކުރާ ކަމަށް ވެސް ބުންޏެވެ. އޭނާގެ ފިރިމީހާ ވިސްނާލަން އިނުމަށްފަހު ބުނީ އެއީ ތެދެއް ކަމަށާއި އެގޭގައި އުޅޭ އަންހެން ކުއްޖަކާއިއެކު ވަގު ގުޅުމެއް އޮންނަ ކަމަށެވެ.

އަޑުއިވެމުން ދިޔަ ހިތްދަތި ވާހަކަތަކަށް ކެތް ކޮށްފައި ފިރިމީހާ ގާތު ޒަހުރާ ދެން އެހީ އެއަންހެން މީހާއާއިއެކު ޒިނޭ ކުރިންތޯއެވެ. ޖަވާބުގައި ފިރިމީހާ ބުނީ އާނ އެކޭ އެވެ. ނަމަވެސް ދެން އެކަން ހުއްޓާލާނެ ކަމަށް ބުނެ މާފަށް އެދުނެވެ.

އިރުކޮޅަކު ވިސްނާލަން އިނުމަށްފަހު ޒަހުރާ ބުނީ އެންމެ ފުރަތަމަ ކަމަކަށް ހެއްދެވި ފަރާތަށް ތައުބާ ވުމަށެވެ. އެއަށްފަހު ފިރިމީހާ ޒިނޭ ކުރި އަންހެން މީހާއާއި ދެއަނތްބަށް ކައިވެނި ކުރުމަށެވެ. އެއީ އެއަންހެން މީހާގެ އިއްފަތްތެރިކަމަށް ފިރިމީހާ އަރައިގަނެ އޭނާ އަށް ވެސް އޮޅުވާލާފައިވާތީ ފިރިމީހާ އެފާފައިން ސަލާމަތްވުމަށްޓަކައި ކަމަށް ވެސް ބުންޏެވެ. އަދި ފިރިމީހާއަށް އެއްވެސް ދެރައެއް ލިބެން ނޭދޭ ކަމަށް ވެސް ބުންޏެވެ.

ޒަހުރާގެ ވާހަކަތައް އަޑުއަހާފަ އޭނާގެ ފިރިމީހާ އުފާވިއެވެ. އަދި އެހާމެ ހައިރާންވެސް ވިއެވެ. އޭނާ ބުނި ފަދައިން ފިރިމީހާ ކަންތައް ކުރިއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ