އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޔޫއޭއީގެ އެމްބަސީއެއް ރާއްޖޭގައި އަޅަން ނިންމައިފި

ޔޫއޭއީގެ އެމްބަސީއެއް ރާއްޖޭގައި އަޅަން ނިންމައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 53 ސިކުންތު

މެދު އިރުމަތީގެ ޤައުމެއްކަމަށްވާ ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) ގެ އެމްބަސީއެއް ދިވެހިރާއްޖޭގައި އަޅަން ނިންމައިފިއެވެ.

ޔޫއޭއީގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، ޔޫއޭއީގެ ސަރުކާރުން އިއްޔެ ބޭއްވި ކެބިނެޓް ބައްދަލުވުމުގެ ތެރޭގައިި، ރާއްޖޭގައި އެ ޤައުމުގެ އެމްބަސީއެއް އެޅުމަށް ނިންމާފައިވާކަމަށެވެ. އެހެން ނަމަވެސް، އެ އެމްބަސީ ރާއްޖޭގައި އެޅުމުގެ މަސައްކަތް ފަށާނެ ދުވަހެއް، ނޫސްތަކުގައި އަންގާފައެއް ނެތެވެ.

ޔޫއޭއީއަކީ ރާއްޖޭގައި ހިންގާ ތަރައްޤީގެ މަޝްރޫއުތަކަށާއި މުހިންމު މަސައްކަތްތަކެއް އެންމެ ބޮޑު އެހީތެރިކަން ފޯރުކޮށްދޭ އެއް ޤައުމެވެ. އެ ގޮތުން، ސައުދީ އަރަބިއްޔާއާއި ޔޫއޭއީން ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއާއި ރަށްރަށުގައި އެއާޕޯޓް ތަރައްޤީކުރުމަށް 160 މިލިއަން ޑޮލަރު ދޭން ނިންމާފައިވާކަމަށް މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ދިވެހި ސަރުކާރުން ހާމަކޮށްފައިވެއެވެ.

އޭގެ އިތުރުން، ނ.މާފަރުގައި ތަރައްޤީކުރަން ފަށާފައިވާ އިންޓަނޭޝަނަލް އެއާޕޯޓަށް ޔޫއޭއީގެ އަބޫދާބީ ފަންޑުން ހިލޭ އެހީގެ ގޮތުގައި ގާތްގަނޑަކަށް 60 މިލިއަން ރުފިޔާ ޚަރަދުކުރާނެކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވަނީ ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ