އާޝިފާގެ ޤާތިލުން ކޯޓުގަ މަސައްކަތްކުރީ ދޮގު އަންގައިދޭ މެޝިން މެދުވެރިކޮށް ސަލާމަތްވާން

އާޝިފާގެ ޤާތިލުން ކޯޓުގަ މަސައްކަތްކުރީ ދޮގު އަންގައިދޭ މެޝިން މެދުވެރިކޮށް ސަލާމަތްވާން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 57 ސިކުންތު

ކަޝްމީރުގެ ފައްޅިއެއްގައި ރޭޕްކުރުމަށްފަހު މަރައިލި އުމުރުން 8 އަހަރުގެ އާޝިފާގެ ގާތިލުން މިއަދު ކޯޓަށް ހާޒިރުކުރުމުން ވަކީލު މެދުވެރިކޮށް މަސައްކަތްކުރީ ދޮގު އަންގައިދޭ މެޝިން މެދުވެރިކޮށް ސަލާމަތްވުމަށެވެ.

ފައްޅީގެ ބޮޑުމީހާ އާއި 4 ފުލުސް އޮފިސަރުންވެސް ހިމެނޭ 7 ގާތިލުންގެ ވަކީލު ބުނީ އޭނާގެ މުވައްކިލުން އެއްވެސް ކުށެއް ނުކުރާ ކަމަށާއި ދޮގު އަންގައިދޭ މެޝިން މެދުވެރިކޮށް ބަޔާން ދޭން ތައްޔާރު ކަމަށެވެ. ނަމަވެސް ފަނޑިޔާރުން ވަނީ އެކަން ޤަބޫލުނުކޮށް ފުލުހުން ހުށަހެޅި ރިޕޯޓް ޤާތިލުންނާއި ހަވާލުކޮށްފައެވެ.

ކޯޓަށް މައްސަލަ ވެއްދުމަށްޓަކައި ފުލުހުން ކޯޓަށް ވަންނަން މަސައްކަތްކުރުމުން ޤާތިލުންނަށް ތާއީދުކުރާ ވަކީލުންތަކެއް ފުލުހުންނަށް ހުރަސްއަޅަމުންދިއަ މަންޒަރު ވަނީ ފެނިފައެވެ. މިއަދުގެ އަޑުއެހުން ނިންމައިލީ ދެން ޝަރީއަތް ކުރިއަށް ގެންދާނެ ދުވަހެއް އިއުލާކުރުމަކާއި ނުލައެވެ.

އާޝިފާގެ ހައްޤުގައި އިންޑިއާގެ ގިނަ ސްޓޭޓްތަކެއްގައި މިހާރު ވެސް ގެންދަނީ މުޒާހަރާތައް ކުރަމުންނެވެ. އާޝިފާ ނިޞްބަތްވަނީ އެންމެ ފަޤީރު ނަސްލަށެވެ. އެހެންކަމާއިއެކުވެސް މައްސަލަ މިހައި ސީރިއަސްވެފައި މިވަނީ ހިންދޫންނާއި މުސްލިމުންނާއި ދެމެދުގައި ޖެހިފައިވާ މައްސަލައަކަށްވެފައި ކަަޝްމީރުގެ އާބާދީގައި ގިނައީ މުސްލިމުން ކަމަށް ވުމުންނެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް