އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފަޤީރުންގެ ދަފުތަރުގައި ރަޖިސްޓްރީވުމަށް އަންނަ އާދީއްތަ ދުވަހުން ފެށިގެން ހުޅުވާލަނީ

ފަޤީރުންގެ ދަފުތަރުގައި ރަޖިސްޓްރީވުމަށް އަންނަ އާދީއްތަ ދުވަހުން ފެށިގެން ހުޅުވާލަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 7 ސިކުންތު

މި ހިނގަމުންދާ 1439 ވަނަ އަހަރުގެ ފަޤީރުންގެ ދަފުތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު އަންނަ އާދީއްތަ ފެށިގެން ހުޅުވާލުމަށް ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، ފަޤީރުންގެ ދަފުތަރުގައި ރަޖިސްޓްރީވުމަށް އަންނަ އަދީއްތަ ދުވަހުން ފެށިގެން މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާކަމަށެވެ.

މިދިޔަ އަހަރު ފަޤީރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތެއްނަމަ އަލުން ރަޖިސްޓްރީކުރަން ފޯމު ހުށަހަޅަން ނުޖެހޭނެކަމަށާއި އެ ފަރާތްތައް މި އަހަރުގެ ފަޤީރުންގެ ދަފުތަރުގެ ލިސްޓުގައި ހިމަނާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

މާލެއިން މި ފޯމު ހުށަހަޅަން ޖެހޭނީ އިސްލާމިކް މިނިސްޓްރީއަށެވެ. އައްޑޫ ސިޓީ ހިތަދޫއިން ފޯމު ހުށަހަޅަން ޖެހޭނީ އިސްލާމިކް އެފެއާޒު އައްޑޫ ސިޓީ ޔުނިޓަށެވެ. އައްޑޫ ސިޓީ ހުޅުދޫއާއި މީދޫއިން ފޯމު ހުށަހަޅަން ޖެހޭނީ ނަސްރިއްޔާ ޕްރީ ސްކޫލަށެވެ. އައްޑޫ ސިޓީ މަރަދޫއާއި މަރަދޫފޭދޫއިން ހުށަހަޅަން ޖެހޭނީ ތަޖްރީސުލް ޤުރްއާން ކްލާހަށެވެ. އައްޑޫ ސިޓީ ފޭދޫއިން ހުށަހަޅަން ޖެހޭނީ ލޭންޑް އެންޑް ބިލްޑިން މުނިސިޕަލްޓީ ޑިޕާޓްމަންޓަށެވެ.

ފުވައްމުލަކު ސިޓީއިން ހުށަހަޅަން ޖެހޭނީ ފުވައްމުލަކު ލޭންޑް އެންޑް ބިލްޑިން ހައުސިން ޔުނިޓަށެވެ. ގދ.ތިނަދޫއިން ފޯމު ހުށަހަޅަންޖެހޭނީ ތިނަދޫ މީޑިއާ ސެންޓަރަށެވެ. އެހެން ރަށްތަކުގައި ފޯމު ހުށަހަޅަންޖެހޭނީ އެ ރަށްތަކުގެ ރަށު ކައުންސިލަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް