އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޓީޝާޓަކުން ފިރިމީހާ ފަލަވުން ހުއްޓުވި ވާހަކަ އަޑުއެހިންތަ؟

ޓީޝާޓަކުން ފިރިމީހާ ފަލަވުން ހުއްޓުވި ވާހަކަ އަޑުއެހިންތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 27 ސިކުންތު

އަބޫބަކުރު އަންނަނީ ފަލަވަމުންނެވެ. ހިކެން މަސައްކަތް ކުރަން އަނިބި ގޮއްޔެ ކިތަންމެ ވަރަކަށް ހިތްވަރުދިން ނަމަވެސް އެއަޑު އަބޫބަކުރަށް އިވޭނެ ހަމަ އެއްވެސް ގޮތެއް ނުވިއެވެ.

އަނބިގޮއްޔެ ސިއްތި ކަންބޮޑުވެ ވިސްނަން ފެށިއެވެ. ފިރި ބަކުރު މިވަރަށް ފަލަވަމުންދާނަމަ ކޮޓަރިތަކުގެ ދޮރުތައްވެސް ބަދަލުކުރަންޖެހިދާނެތީއެވެ. ކުރި ކައިވެންޏާއިއެކު ދެމަފިރިން ނުހަނު ލޯބިން ނިދާ ލަކުޑި އެނދުގެ ބަދަލުގައި ދަގަނޑު އެނދެއް ހޯދަން ޖެހިދާނެތީއެވެ.

ސިއްތި މޮޅު ފިކުރެއް ކުރިއެވެ. ބާޒާރުގައި ހިނގައިގެން ބަކުރަށް ރީތިވާނެހައި ޑިޒައިންތައް ބަލައިގެން ބަކުރުގެ ގައަށް ބާރުވާނެ ސައިޒުގެ ޓީޝާޓު ގަންނަން ފެށިއެވެ.

ބަކުރަކީ ޓީޝާޓު ނޫން އެއްޗެއް ލާމީހެއް ނޫނެވެ. އެހެންވެ ބަކުރު ފުރަތަމަ ވަރަށް ރުޅިގަދަވިއެވެ. ބަކުރު ފުރަތަމަ ހީކުރީ ސިއްތި އުޅެނީ އޭނާއަށް އަދަބެއް ދޭން ކަމަށެވެ. ނޫނީ ދޯރިއެއް އަރުވައިގެން އުޅޭގޮތް މީހުންނަށް ދައްކުވައިގެން މީހުން ލައްވައި ފުރައްސާރަ ކުރުވަން ކަމަށެވެ. ނޫނީ ޒާތީ ހަސަދައެއް ލައިގެން ކަމަށެވެ. އެއީ ބަކުރު ފަލަވާން ފެށިފަހުން މާރީތި ކަމަށް ބައެއް އަންހެން ކުދިން ބުނާތީއެވެ.

ބަކުރު، ސިއްތި ދެކެ ވަރަށް ލޯބިވެއެވެ. އެހެންވެ އެހައި ގައަށްބާރު ޓީޝާޓު ގަނެދިން ނަމަވެސް އެކަން އެހެން ކުރަނީ ކީއްވެގެންތޯ ސުވާލުކުރާކަށް ނުކެރެއެވެ. އެއީ ކޮންމެހެން ބިރަކުން ނޫނެވެ. ސިއްތި އަކީ ވަރަށް ތަފާތު މިޒާޖުގެ އަންހެނަކަށްވާތީ އެފަދަ ސުވާލެއް ކޮށްފިނަމަ ޓީޝާޓު ލިބޭ އަދަދު ވަރަށްބޮޑުތަން މަދުވާނެކަން އެނގޭތީއެވެ.

އެންމެފަހުން ކެތް ނުކުރެވިގެން ގޮސް ދެމަފިރިންގެ ވެސް އެންމެ ގާތް ދޮންމަނިކުގެ ދެމަފިރިންނަށް މިވާހަތައް ކިޔައިދީފިއެވެ. ރަނގަޅަށް އަޑުއެހުމަށްފަހު ދޮންމަނިކު އޭނާއަށް ފެންނަގޮތް ވެސް ކިޔައިދިނެވެ.

"ސިއްތި އެބުނަނީ ބަކުރު ގާތު ބުނެބުނެވެސް ކަސްރަތެއް ނުކުރީމުއެވެ. އެހެންވީމާ ދެން ކުރަން އޮތް ކަމަކީ ކެއުން މަދުކުރުމެވެ. ޓީޝާޓު ބާރުވެގެން އުޅެން މިހާރުވެސް ތިއަ ޖެހެނީ ހަމަ ކެވޭވަރު ގިނަކަމުންނެވެ. ގޮތްބަލަން މިހާރުވެސް ނިކަން ކެއުން ތަންކޮޅެއް މަދުކޮށްލަބަލާށެވެ. ޓީޝާޓު ހަމަ ބަރާބަރަށް ހެޔޮވަރުވާން ފަށާނެއެވެ."

އެއީ ހަމަ ތެދެއްކަން ބަކުރަށްވެސް ވިސްނުނެވެ. ކެއުން މަދުކުރަން ފެށިއެވެ. ބަކުރު ހިކެންވެސް ފެށިއެވެ. ހިކޭވަރަކަށް ސިއްތި ގެންދިއައީ ޓީޝާޓުގެ ސައިޒުވެސް "ހިއްކަމުން"ނެވެ. އަހަރެއްހައި ދުވަސްވީއިރު ބަކުރު ކުރިރިއަށްވުރެވެސް މާހިކި ކަމަށް ދައްކައެވެ.

"ބަކުރާ ދެން މިހާރު ހާދަ ހިކިއްޖެއޭދޯ! ކުދިން އަޅެ ބަކުރު މިހާރު މާރީއްޗޭ ބުނެ އިންނާކަށް ނާހާތަ؟" ސަމާސާ މިޒާޖުގައި ސިއްތި ބުނެލިއެވެ.

"އެހިއްޔާ ކީއްދޯ ކުރާނީ! އަމިއްލައަށް ނުވިސްނުނެއް ކަމަކު ދޮންމަނިކު ކިޔައިދިނީމާ އެނގުނޭ ކަންކަން މިވީގޮތް. އެހެންވީމަ ހިކިގެންވެސް މިދިއައީ ހަމަ ސިއްތިގެ މޮޅުކަމުންވިއްޔަ! ބަލަ ސިއްތި ލެއްވި ޓީޝާޓޭ ބަކުރު ހިއްކައިލީ. ދެން ކިހިނެއްތަ އެކުދިންނަށް ޖަވާބުދޭނީ؟" ޖަވާބުގައި ބަކުރު ބުނެލިއެވެ.

(މިއީ މާލޭގައި 2007 ވަނަ އަހަރު ހިނގާފައިވާ ކަމެކެވެ.)

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


16%
ވ.ރަނގަޅު
16%
ރަނގަޅު
50%
އޯކޭ
16%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް