އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޔުނިސެފް ގެ ފަރާތުން ރޮހިންޔާ ކޭމްޕުތަކަށް ޕްރިޔާންކާ ޒިޔާރަތް ކޮށްފި

ޔުނިސެފް ގެ ފަރާތުން ރޮހިންޔާ ކޭމްޕުތަކަށް ޕްރިޔާންކާ ޒިޔާރަތް ކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 39 ސިކުންތު

ބޮލީވުޑްގެ މައްޝޫރު އެކްޓްރެސް ޕްރިޔާންކާ ޗޯޕްރާ، ޔުނިސެފް ގުޑްވިލް އެމްބެސެޑަރ ފޮރ ޗައިލްޑް ރައިޓްސް ގެ ހައިސިއްޔަތުން، ބަންގްލަދޭޝްގައި ހާލުގައި ޖެހިފައިތިބި ރޮހިންޔާ ކޭމްޕުތަކަށް ޒިޔާރަތް ކޮށްފިއެވެ.

އެގޮތުން މިއަދު ކޮކްސް ބާޒާރުގައި ހުރި ތިން ކޭމްޕަކަށް ޕްރިޔާންކާ ޒިޔާރަތްކޮށް އެކޭމްޕުތަކުގައި ދިރިއުޅޭ ކުޑަކުދީންގެ ހާލު ބެލިއެވެ.

މިއަދުގެ އެޒިޔާރަތުގައި އުޗިޕަރަންގް ކޭމްޕުގައި ދިރިއުޅުނު ރޮހިންޔާ ރައްޔިތުންނާއި ވެސް އޭނާ ބައްދަލު ކުރިއެވެ. އެކޭމްޕުގައި 30،000 ވަރަކަށް ރޮހިންޔާ މުސްލިމުން ދިރިއުޅޭކަމަށް އޭއެސްޕީ އިން މައުލޫމާތު ދީފައިވެއެވެ.

ބައްދަލުކުރި ހުރިހާ އާއިލާތަކަށް ވެސް ޔުނިސެފްގެ ފަރާތުން އެހީތެރިވާނެ ކަމަށާއި ޚާއްސަކޮށް ކުޑަކުދިންނަށް ބޭނުންވާ އެކިއެކި ޚަރަަދުތައް ވެސް ކޮއްދޭނެކަމަށް ޕްރިޔާންކާ ބުނެފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ