އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އާޖެންޓީނާ ސްކޮޑްގައި އިޓަލީ ލީގުގައި އެންމެ ގިނަ ލަނޑު ކާމިޔާބުކުރި އިކާޑީއާއެއް ނެތް

އާޖެންޓީނާ ސްކޮޑްގައި އިޓަލީ ލީގުގައި އެންމެ ގިނަ ލަނޑު ކާމިޔާބުކުރި އިކާޑީއާއެއް ނެތް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 15 ސިކުންތު

އަންނަ ޖޫން މަހު ރަޝިއާގައި ފަށާ ފީފާ ވޯލްޑް ކަޕް މުބާރާތުގައި ވާދަކުރާ އާޖެންޓީނާ ޓީމުގެ 23 ކުޅުންތެރިންގެ ސްކޮޑް އިއުލާންކޮށްފިއެވެ.

އާޖެންޓީނާގެ ސްކޮޑް އިއުލާންކުރިއިރު، ސްކޮޑްގައި މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އިންޓަ މިލާންގެ މައުރޯ އިކާޑީ އާޖެންޓީނާ ސްކޮޑްގައި ނުހިމެނެއެވެ. އިޓަލީ ލީގުގައި 29 ލަނޑު ކާމިޔާބުކޮށް، ލީގުގެ އެންމެ ގިނަ ލަނޑު ކާމިޔާބުކުރި ދެ ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިޔަކީ އިކާޑޯއެވެ.

އަދި އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގަށް އިންޓަ ކޮލިފައިކޮށްދިނުމުގައި ވެސް އެ ޓީމުގެ ކެޕްޓަން އިކާޑީގެ ހިއްސާ ބޮޑެވެ. މި ސްކޮޑްގައި އިކާޑީ ހިމެނިގެން ނުދިޔުމަކީ ވަރަށް ގިނަ ބަޔަކަށް ހައިރާންކަން ގެނެސްދިން ކަމެކެވެ.
އާޖެންޓީނާގެ ކޯޗު ޖޯޖް ސަމްޕައޮލީ އިއުލާންކުރި ސްކޮޑްގައި އިކާޑީ ނެތްއިރު، އިޓަލީ ލީގުގެ ޔުވެންޓަސްއަށް ކުޅޭ ޕައުލޯ ޑިބަލާއާއި ގޮންޒާލޯ ހިގުއައިން ހިމެނެވެ. އިޓަލީ ލީގުގައި ޑިބަލާ 22 ލަނޑު ކާމިޔާބުކޮށްފައިވާއިރު، ހިގުއައިންއަށް ކާމިޔާބުކުރެވިފައިވަނީ 16 ލަނޑެވެ.

މިކަމާ ގުޅިގެން އާޖެންޓީނާގެ ކޯޗު ސަމްޕައޮލީ ބުނީ އިކާޑީ ވަކުކުރީ ހާއްސަ ސަބަބެއް އޮވެގެން ނޫންކަމަށެވެ. އާޖެންޓީނާއަށް ނިސްބަތްވާ ވަރުގަދަ ހުރިހާ ފޯވާޑުން ވޯލްޑްކަޕަށް ގެންދަންވެއްޖެނަމަ ޓީމުގައި މުހިންމު ޑިފެންޑަރަކު އުނިކުރަންޖެހިދާނެކަމަށާއި ޓީމު އެކުލަވާލީ ހުރިހާ ޑިޕާޓްމަންޓަކަށް ވިސްނައި ޓީމު ބެލެންސްކުރެވޭނެ ގޮތަކަށް ކަމަށް ސްމްޕައޮލީ ބުންޏެވެ.

އާޖެންޓީނާ ހިމެނެނީ ގްރޫޕް ޑީގައެވެ. އެ ގްރޫޕްގައި ދެން ހިމެނެނީ ކްރޮއޭޝިއާއާއި، ނައިޖީރިއާގެ އިތުރުން، ވޯލްޑްކަަޕަށް އަލަން ނުކުންނަ އައިސްލޭންޑެވެ. ވޯލްޑަކަޕްގައި އާޖެންޓީނާ ކުޅޭ ފުރަތަމަ މެޗުގައި އަންނަ ޖޫން މަހު 16 ވަނަ ދުވަހު ނުކުންނާނީ އައިސްލޭންޑާ ދެކޮޅަށެވެ.

އާޖެންޓީނާގެ ވޯލްޑްކަޕް ސްކޮޑް:

ގޯލްކީޕަރުން:

ސާޖިއޯ ރޮމޭރޯ (މެންޗެސްޓާ ޔުނައިޓެޑް)، ވިލީ ކަބެއްޔޭރޯ (ޗެލްސީ) ފްރެންކޯ އަރްމާނީ (ރިވާ ޕްލޭޓް)

ޑިފެންޑަރުން:

ގެބްރިއަލް މާކެޑޯ (ސެވިއްޔާ)، ފެޑެރިކޯ ފަޒީއޯ (ރޯމާ)، ނިކޮލަސް އޮޓަމެންޑީ (މެންޗެސްޓާ ސިޓީ)، މާކޯސް ރޯހޯ (މެންޗެސްޓާ ޔުނައިޓެޑް)، މާކޯސް އަކޫނާ (ސްޕޯޓިން ލިސްބޮން)، ކްރިސްޓިއަން އަންސާލްޑީ (ޓޮރިނޯ)

މިޑްފިލްޑަރުން:

ހަވިއޭ މަޝެރާނޯ (ހެބެއި ފޯޗުއިން)، އެވާ ބަނެގާ (ސެވިއްޔާ)، ލޫކަސް ބިގްލިއާ (އޭސީ މިލާން)، އެންހަލް ޑިމާރިއާ (ޕީއެސްޖީ)، ގިއޮވަނި ލޮސެލްސޯ (ޕީއެސްޖީ)، މަނުއެލް ލަންޒިނީ (ވެސްޓްހާމް ޔުނައިޓެޑް)، ކްރިސްޓިއަން ޕަވޮން (ބޮކާ ޖޫނިއާސް)، މެކްސިމިލިއާނޯ މެޒާ (އިންޑެޕެންޑިއެންޓޭ)، އެޑުއާޑޯ ސަލްވިއޯ (ބެންފިކާ)

ފޯވާޑުން:

ލެއޮނަލް މެސީ (ބާސެލޯނާ)، ގޮންޒާލޯ ހިގުއައިން (ޔުވެންޓަސް)، ޕައުލޯ ޑިބަލާ (ޔުވެންޓަސް)، ސާޖިއޯ އަގުއޭރޯ (މެންޗެސްޓާ ސިޓީ)

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް