އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މާތް ﷲ ގެ ޙަޟްރަތުގަ އާދޭސް މިކުރެވެނީ ކޮން ކަމަކަށް އެދިކަން ނޭނގި އާދޭސް ކުރުމުން ކުރާނެ އެއްވެސް ފައިދާއެއް ނެތް: ޑރ. ޝިހާމް

މާތް ﷲ ގެ ޙަޟްރަތުގަ އާދޭސް މިކުރެވެނީ ކޮން ކަމަކަށް އެދިކަން ނޭނގި އާދޭސް ކުރުމުން ކުރާނެ އެއްވެސް ފައިދާއެއް ނެތް: ޑރ. ޝިހާމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 21 ސިކުންތު

އަޅުގަނޑުމެން އެންމެންވެސް މާތް ﷲ ގެ ޙަޟްރަތުގައި އެބަ އާދޭސްކުރަމުއެވެ. ނަމަވެސް އާދޭސް މިކުރެވެނީ ކޮންކަމަކަށް އެދިގެންކަން އެނގެނީ މަދު މީހަކަށެވެ. އެހެންކަމުން އެފަދަ މީހުން ކުރާ އާދޭސް ވެފައި އޮންނަނީ އޮޓޯއިން ކުރެވޭ އާދޭހަކަށެވެ.

"އާމީން" މި ބަހުގެ މާނައަށް ބަލައިފިނަމަ މާނައަކީ "މިއަޅާގެ ދުޢާ އިޖާބަ ކުރައްވަވާންދޭވެ." އެވެ.

ޢާންމުކޮށް އަޅުގަނޑުމެން އާމީން ކިޔަނީ ދުޢާއެއް ކުރުމަށްފަހުގައެވެ. ހަމައެއާއިއެކު އަލްޙަމްދު ކިޔުމަށްފަހު ވެސް އާމީން ކިޔަމުއެވެ. އެހެންކަމުން ދުޢާ އެއް ކުރެވިއްޖެކަން އެބައެނގެއެވެ. ނަމަވެސް ބޮޑު ސުވާލަކީ ތިމާ އާމީން ކީ ކޮން ދުޢާއެއް ކުރުމަށްފަހުގައިކަން ތިމާއަށް ނުއެނގޭތިއެވެ.

ނަމާދުގައި އަލްހަމްދު ކިޔުމުން ފަހަތުން އެންމެން ޢާމީން ކިޔައެވެ. ނަމަވެސް އާމީން ކިޔުނީ ކޮން ކަންކަމަކަށް އެދި ދެންނެވުމަށްފަހުގައިކަމެއް ނުއެނގެއެވެ. ވީއިރު އެގޮތަށް ކިޔާ އާމީނަކުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟

- އިއްޔެގެ ޢަޞްރު ނަމާދަށްފަހު ވިޔަފާރިވެރިންގެ މިސްކިތުގައި ޑރ. ޝިހާމްގެ ދެއްވި ދަރުސުން

ޑރ. ޝިހާމް ދެއްވި ދަރުސްގެ އޯޑިއޯ (އަޑު އައްސަވައިލެއްވުން ވަރަށް މުހިންމު):

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް