އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އުރީދޫ މަސްރޭހުގެ ފައިނަލަށް އެޗްޑީސީ އާއި އެންޒީ

އުރީދޫ މަސްރޭހުގެ ފައިނަލަށް އެޗްޑީސީ އާއި އެންޒީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 54 ސިކުންތު

ރާއްޖޭގައި މިހާތަނަށް ބާއްވަމުން ގެންދާ އެންމެ ބޮޑު މަސްރޭސް ކަމުގައިވާ އުރީދޫ މަސްރޭހުގެ ތިންވަނަ ސެމީ ފައިނަލް ބުރު ރޭ ނިމި، ފައިނަލަށް ޓީމް އެޗްޑީސީ އާއި ޓީމް އެންޒީ ދަތުރުކޮށްފިއެވެ.

ބްރިޖް ވިއުއިންގ ޕްލެޓްފޯމްގައި ރެ ވަރަށް ފޯރިއާއިއެކު ކުރިއަށްދިޔަ ހަރަކާތުގައި ހަތަރު ޓީމެއް ވަނީ ވާދަ ކޮށްފައެވެ. ރޭގެ މަސްރޭހުގައި ވާދަކޮށްފައިވަނީ ޓީމް ސްޓެލްކޯ އާއި ޓީމް އެޗްޑީސީ އަދި ޓީމް ކޮންރެޑް އާއި ޓީމް އެންޒީ އެވެ.

މިމަސްރޭހުގެ ފައިނަލްގައި ޓީމް އެންޒީ އާއި ޓީމް އެޗްޑީސީ ވާދަ ކުރާނީ، ފުރަތަމަ ސެމީ ފައިނަލް ކާމިޔާބު ކުރި ޓީމް މަލަހިނި އާއި ޓީމް ސްޓެލްކޯގެ އިތުރުން ދެވަނަ ސެމީ ފައިނަލް އިން އެންމެ ކުރި ހޯދި ޓީމް މިލައިދޫ އާއި ޓީމް ތާޖް އެގްޒޯޓިކާ އެވެ.

ފިޠުރު ޢީދުގެ ޚާއްސަ ހަރަކާތަކާއިއެކު އުރީދޫ މަސްރޭސް 2016 ގެ ފޯރިގަދަ ފައިނަލް އިވެންޓު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15 ވާ ހުކުރު ދުވަހުއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ