ސައުދީގެ މައްޗަށް ރަޝިއާ އިން ކުރިހޯދާ ވަރލްޑް ކަޕްގެ ފެށުން ރަނގަޅުކޮށްފި

ސައުދީގެ މައްޗަށް ރަޝިއާ އިން ކުރިހޯދާ ވަރލްޑް ކަޕްގެ ފެށުން ރަނގަޅުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 11 ސިކުންތު

ރަޝިއާގައި މިރޭ ފެށި ވަރލްޑް ކަޕްގެ ފުރަތަމަ މެޗުގައި މުބާރާތް ބާއްވާ ޤައުމު ރަޝިއާއިން ސައުދީ އަރަބިއާގެ މައްޗަށް ކުރިހޯދާ ފެށުން ރަނގަޅުކޮށްފިއެވެ.

މި މެޗު ރަޝިއާއިން ކާމިޔާބުކުރީ 5ލަނޑު ސުންލަނޑުންނެވެ.

ކުލަގަދަ ރަސްމިއްޔާތަކާއެކު ފެށި ވަަރލްޑް ކަޕްގެ މި މެޗުގެ ފުރަތަމަ ހާފުގައި ރަޝިއާއިން ވަނީ 2 ލަނޑުޖަހާ ލީޑު ނަގާފައެވެ. މިއީ ޔޫރީ ގަޒެންސްކީ އެވެ. ދެވަނަ ލަނޑަކީ އެލެން ޒަގޮއީވަށް އަނިޔާވުމުން ބަދަލުގައި ކުޅެންއެރި ޑެނިޝް ޗެރީވްއެވެ.

މުޅި މެޗު ޑޮމިނޭޓްކޮށްގެން ކުޅެމުންދިޔަ ރަޝިއާއިން ލީޑު ފުޅާކުރީ 71 ވަނަ މިނެޓުގައި އަރްޓޭމް ޒޫބިއާ ޖަހައިދިން ގޯލުންނެވެ. އަދި އުއްމީދު އައުކޮށްދިނީ ޗެރިޝޭވް ޖަހައިދިން ލަނޑުންނެވެ. މިއީ އޭނާގެ ވަނަ ލަނޑެވެ.
މި މެޗުގެ 3 ޕޮއިންޓު ޔަޤީންކޮށްދިން ލަނޑުޖަހައިދިނީ މެޗު ނިމެންގާތްވެފައިވަނިކޮށް އެލެގްޒެންޑްރާ ގޮވޮވިންއެވެ.

މިރޭގެ މެޗުގެ ނަތީޖާއަކީ 1934 ވަނަ އަހަރަށްފަހު، ވަރލްޑް ކަޕް މުބާރާތެއް ހުޅުވި މެޗެއްގައި ނުކުތް އެންމެ ތަފާތުބޮޑު ނަތީޖާއެވެ.

މި މުބާރާތުގައި މާދަމާ ތިން މެޗު ކުޅޭނެއެވެ. ފުރަތަމަ މެޗުގައި ގްރޫޕު އޭގައި ހިމެނޭ މިސްރާއި އުރުގުއޭ ބައްދަލުކުރާނީ 17:00ގައެވެ. އަދި ގްރޫޕް ބީގެ މޮރޮކޯ އާއި އީރާން ބައްދަލުކުރާ މެޗު 20:00ގައި ފަށާއިރު، ހަމަ މި ގްރޫޕުގައި ހިމެނޭ ސްޕެއިން އާއި ޕޯޗުގަލް ބައްދަލުކުރާ މެޗު ފަށާނީ 23:00ގައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް