އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރަޝިއާއިން ދެވަނަބުރުގެ އުއްމީދު އައު ކުރިއިރު، މިސްރު ހާސްކަމުގެ ތެރެއަށް..

ރަޝިއާއިން ދެވަނަބުރުގެ އުއްމީދު އައު ކުރިއިރު، މިސްރު ހާސްކަމުގެ ތެރެއަށް..


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 59 ސިކުންތު

ފިފާ ވަރލްޑް ގްރޫޕް އޭގައި ރަޝިއާ އާއި މިސްރު މިރޭ ބައްދަލުކުރި މެޗު 3 ލަނޑު 1 ލަނޑުން ކާމިޔާބުކޮށް ދެވަނަ ބުރުގެ އުއްމީދު ރަޝިއާ އިން އައު ކުރިއިރު، މިސްރު ހާސްކަމުގެ ތެރެއަށް ވެއްޓިއްޖެއެވެ.

މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައިވާ ނުވާ އިރު، ހުރިހާ ލަނޑެއްވެސް ފެނުނީ ފަހު ހާފުގައެވެ.

އެގޮތުން ފުރަތަމަ ލަނޑަކީ 47 ވަނަ މިނެޓުގައި މިސްރުގެ ފާތިހު އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި ދެވަނަ ލަނޑަކީ 59 ވަނަ މިނެޓުގައި ރަޝިއާގެ ޗެރިޝެވް ޖެހި ލަނޑެކެވެ.

މީގެއިތުރުން 62 ވަނަ މިނެޓުގައި ޑްޒީބާ ވަނީ އިތުރު ލަނޑެއް ޖަހާ ރަޝިއާއަށް ލީޑު ފުޅާކޮށްފައެވެ.

އެހެންނަމަވެސް 73 ވަނަ މިނެޓުގައި ރަޝިއާގެ ޕެނަލްޓީ އޭރިއާތެރެއިން މިސްރުގެ ސަލާހްއަށް ކުރި ފައުލަކާއިގުޅިގެން މިސްރަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް މިސްރުން ވަނީ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު މިސްރަށް ޖަހައިދިނީ ލިވަރޕޫލަށް ކުޅެމުންއަންނަ ފޯވަރޑް މުޙައްމަދު ސަލާހްއެވެ.

މި ނަތީޖާއާއެކު ރަޝިއާ ދެވަނަ ބުރަށް ދަތުރުކޮށްފައިވަނީ ކުޅުނު ދެ މެޗު ކާމިޔާބުކޮށް 6 ޕޮއިންޓާއެކުއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް