އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ގްރޫޕް އޭއިން އުރުގުއޭ އާއި ރަޝިއާ ދެވަނަބުރަށް. މިސްރު އަދި ސައޫދީ މުބާރާތުން ކަޓައިފި

ގްރޫޕް އޭއިން އުރުގުއޭ އާއި ރަޝިއާ ދެވަނަބުރަށް. މިސްރު އަދި ސައޫދީ މުބާރާތުން ކަޓައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 9 ސިކުންތު

ރަޝިއާގައި މިހާރު ކުރިއަށްދާ ފިފާ ވަރލްޑް ކަޕްގެ ގްރޫޕް އޭ އިން އުރުގުއޭ އާއި ރަޝިއާ ދެވަނަބުރަށް ދަތުރުކޮށްފިއެވެ.

އުރުގުއޭ ދެވަނަބުރަށް ދިޔައީ މިރޭ ކުޅުނު މެޗު ސައޫދީ އަރަބިއާ އާވާދަކޮށް 1 ލަނޑު 0 ލަނޑުން މެޗު ކާމިޔާބުކޮށްގެންނެވެ.

މި މެޗުގައި ޖެހި ހަމައެކަނި ލަނޑަކީ ފުރަތަމަ ހާފުގައި ސުއަރޭޒް ޖަހައިދިން ލަނޑެކެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ދެޓީމުންވެސް ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. ޚާއްޞަކޮށް މި މެޗަށް ނުކުތް އިރު، ސައޫދީއަށް ކިރިޔާވެސް ހިތްހަމަޖެހުމެއް އޮތީ މޮޅުވެގެންކަމަށް ވާތީ، ސައޫދީ އިން ވަނީ އެންމެފަހުވަގުތާއި ޖެހެންދެންވެސް ލަނޑެއް ޖެހޭތޯ މަސައްކަތް ކޮށްފައެވެ.

މި ގްރޫޕުން ދެވަނަބުރުގެ ޖާގަ މުބާރާތް ބާއްވާ ޤައުމު ރަޝިއާ އިން ހޯދީ ރޭ ކުޅުނު މެޗުގައި މިސްރުގެ މައްޗަށް ކުރިހޯދައިގެންނެވެ.

ގްރޫޕް އޭގައި ރަޝިއާ އަދި އުރުގުއޭ ކޮންމެ ޓީމަކަށްވެސް 6 ޕޮއިންޓު ލިބިފައިވާ އިރު، މިސްރު އަދި ސައޫދީއަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ. އެެހެންކަމުން މި ގްރޫޕްގެ ފަހު މެޗުގައި ރަޝިއާ އާއި އުރުގުއޭ ބައްދަލުކުރާ އިރު، މި މެޗުގެ ނަތީޖާއިން ދެވަނަބުރަށް ބަދަލެއް ނާންނާނެއެވެ.

މި މުބާރާތުގައި މިރޭ 11 ޖަހާއިރު ބައްދަލުކުރާނީ ގްރޫޕް ބީގެ އީރާން އާއި ސްޕެއިން އެެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް