ސްޕެއިނުން އީރާން ބަލިކޮށް، ޕޮއިންޓުގެ ގޮތުން ޕޯޗުގަލް އާހަމަކޮށްފި

ސްޕެއިނުން އީރާން ބަލިކޮށް، ޕޮއިންޓުގެ ގޮތުން ޕޯޗުގަލް އާހަމަކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 25 ސިކުންތު

ފިފާ ވަރލްޑް ކަޕްގައި ރަޒަން އެރީނާގައި މިރޭ ކުޅުނު ވްރޫޕް ބީގެ މެޗު ސްޕެއިން ކާމިޔާބުކޮށް، ޕޮއިންޓުގެ ގޮތުން ޕޯޗުގަލްއާ އަރާ ހަމަކޮށްފިއެވެ.

އެ ޓީމުން މި މެޗު ކާމިޔާބުކުރީ އީރާން އާވާދަކޮށް 1 ލަނޑު 0 ލަނޑުންނެވެ.

ފުރަތަމަ ހާފުގައި އީރާންގެ ފަރާތުން ފެނިފައިވަނީ ޑިފެންސިވް ކުޅުމެކެވެ. އަދި ސްޕެއިންގެ ގޯލްކީޕަރު ފިޔަވައި އެންމެން އީރާންގެ ޕެނަލްޓީ އޭރިއާ ކައިރީ ކުޅެމުންދިޔަ ވަގުތުކޮޅެއްވެސް ދިޔައެވެ.

ފަހު ހާފު ފަށައިގެން ސްޕެއިނުން ވަނީ ފުލުފުލުގައި ދެތން ހަމަލާއެއް އީރާންގެ ގޯލަށް ފޮނުވާލާފައެވެ. އޭގެތެރެއިން އެއް ހަމަލާ ކީޕަރު މަތަކޮށްފައިވާ އިރު، އަނެއް ދެހަމަލާ ދިޔައީ ބޭރަށެވެ.
މީގެ އީރާނުންވެސް ވަނީ ހަމަލާއެއް އުފައްދާފައެވެ.

މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ސްޕެއިންއަށް ލީޑުނަގައިދިނީ ޑިއެގޯ ކޮސްޓާއެވެ. އޭނާ މި ލަނޑު ޖެހީ 54 ވަނަ މިނެޓުގައެވެ.

އީރާންގެ ކުޅުން އިތުރަށް ވަރުގަދަކޮށް ހަމަލާ އުފައްދަމުންގޮސް 63 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހމަކުން އީރާންގެ ކުޅުންތެރިއަކު ވަނީ ސްލެއިންގެ ގޯލަށް ބޯޅަ ވައްދާލާފައެވެ. ނަމަވެސް އެވަގުތު އެކުޅުންތެރިޔާ ބޯޅައިގާ ޖަހާފައިވަނީ އޮފްސައިޑުގައި ހުރެފައި ކަމަށްވާތީ އެ ލަނޑު ބަލައެއް ނުގަނެއެވެ.

މެޗުގެ 81 ވަނަ މިނެޓުގައި ވަނީ އީރާނަށް ލަނޑުޖަހަން ރަނުގެ ފުރުޞަތެއް ލިބިފައެވެ. އެހެންނަމަވެސް އަމީރީ ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިން ބޭރަށެވެ.

މި ނަތީޖާއާއެކު ގްރޫޕް ބީގެ ތާވަލަށް ބަލާއިރު، ސްޕެއިން އަދި ޕޯޗުގަލް ކޮންމެ ޓީމަކަށް 4 ޕޮއިންޓު ލިބިފައިވާ އިރު، އީރާނަށް ވަނީ 3 ޕޮއިންޓު ލިބިފައެވެ. އަދި މޮރޮކޯއަށް އެންމެ ޕޮއިންޓެއްވެސް ނުލިބެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މުހައްމަދު އަފްރާޙް