ޑެންމާކް އާއި އޮސްޓްރޭލިއާގެ ކުރިމަތިލުން އެއްވަރު..
ޑެންމާކް އާއި އޮސްޓްރޭލިއާގެ ކުރިމަތިލުން އެއްވަރު..
އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 29 ސިކުންތު
ފިފާ ވަރލްޑް ކަޕްގައި ގްރޫޕް ސީގައި މިއަދު ހަވީރު ކުޅުނު މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
ޑެންމާކް އާއި އޮސްޓްލިއާގެ މެޗު ނިމުނީ 1 ލަނޑު 1 ލަނޑުން އެއްވަރުވެގެންނެވެ.
ފުރަތަމަ ލަނޑު 7 ވަނަ މިނެޓުގައި ޑެންމާކުގެ އެރިކްސަން ޖަހއިދިން އިރު، އޮސްޓްރޭލިއާގެ ލަނޑަކީ 38 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކެޕްޓަން ޖެޑިނަކް ޖަހައިދިން ލަނޑެކެވެ.
މި ޕެނަލްޓީއަކީ ޑެންމާކުގެ ޕެނަލްޓީ އޭރިއާ ތެރެއަށް ހުރަސްކުރި ބޯޅައެއް ބޮލުންޖަހަން އުޅުމުގެ ތެރޭގައި ޑެންމާކުގެ ޔުރާރީ އަތުގައި ޖެހުނުކަމަށްނިންމާ، ވީއޭއާރްގެ އެހީގައި ރެފްރީ ދިން ޕެނަލްޓީއެކެވެ.
ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނުނުނަމަވެސް ފަހުހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓާ ގިނަ ހަމަލާ އުފައްދާފައިވަނީ އޮސްޓްރޭލިއާ އިންނެވެ. ނަމަވެސް ނަތީޖާއަށް ބަދަލެއް ނުގެނެވުނެވެ.
މި ނަތީޖާއާއެކު ޑެންމާކަށް 4 ޕޮއިންޓު ލިބި، ތާވަލުގެ އެއްވަނައިގާ މިވަގުތު އޮތް އިރު، 3 ޕޮއިންޓާއެކު ދެވަނައިގާ އޮތީ ފްރާންސްއެވެ. އަދި އެއްޕޮއިންޓާއެކު އޮސްޓްރޭލިއާ ތިންވަނައިގާ އޮތް އިރު، މި ގްރޫޕުގައި ދެން އޮތް ޕެރޫއަށް މިހާތަނަށް ޕޮއިންޓެއް ނުލިބެއެވެ.
މި މުބާރާތުގައި މިރޭ 8 ޖަހާއިރު ކުޅޭނީވެސް މި ގްރޫޕްގެ މެޗެކެވެ. މި މެޗުގައި ބައްދަލު ކުރާނީ ފްރާންސް އާއި ޕެރޫއެވެ. މި މެޗުން ފްރާންސް މޮޅުވެއްޖެނަމަ، 6 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައަށް އަރާނެއެވެ.
މިރޭ ކުޅޭ ދެވަނަ މެޗުގައި ވާދަކުރާނީ ގްރޫޕް ޑީގެ އާޖެންޓީނާ އާއި ކްރޮއޭޝިއާއެވެ. މި މެޗު ފަށާނީ 11 ޖަހާއިރުއެވެ.
މި މެޗަށް މި ދެޓީމު ނުކުންނަ އިރު، އާޖެންޓީނާ ވަނީ އައިސްލޭންޑާ ކުޅުނު މެޗު އެއްވަރުވެފައެޗެ. އަދި ކްރިއޭޝިއާ އާއި ނައިޖީރިއާގެ މެޗު ކާމިޔާބުކުރީ ކްރޮއޭޝިއާއެވެ.
ޚަބަރާއިގުޅޭ އިތުރު ލިޔުންތައް
މުހައްމަދު އަފްރާޙް
21 ޖޫން 2018