ކްރޮއޭޝިއާ ޓޭބަލްގެ އުހަށް.. އާޖެންޓީނާ ނޭވާ ހޮޅިއަށް..
ކްރޮއޭޝިއާ ޓޭބަލްގެ އުހަށް.. އާޖެންޓީނާ ނޭވާ ހޮޅިއަށް..
އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 31 ސިކުންތު
ފިފާ ވަރލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ގްރޫޕް ޑީގައި މިރޭ ކްރޮއޭޝިއާ އާއި އާޖެންޓީނާ ބައްދަލުކުރި މެޗު 3 ލަނޑު 0 ލަނޑުން ކްރޮއޭޝިއާ ކާމިޔާބުކޮށް އާޖެންޓީނާ ނޭވާހޮޅިއަށް އަޅުވައިފިއެވެ.
މެޗުގެ ފުރަތަމަ ހަމަލާ 4 ވަނަ މިނެޓުގައި ލިބުނީ ކްރިއޭޝިއާ އަށެވެ. މޮޑްނަވިޗް ފޮނުވާލި މިހަމަލާ ކީޕަރުގެ އަތުގައިޖެހިފައި ދިޔައީ ގޯލުގެ އަރިމަތީ ދަނޑިކައިރުން ބޭރަށެވެ.
މީގެ އިތުރުންވެސް ދެޓީމަށްވެސް ލަނޑުޖަހަން ފުރުޞަތުތައް ތަނަވަސްވެފައިވަނީ ދެޓީމުގެ ޑިފެންސް ލައިނަށް ހެދުނު ގޯސްތަކުންނެވެ.
އެގޮތުން ކްރޮއޭޝިއާގެ ގޯލްކީޕަރުވެސް ނެތި އާޖެންޓީނާއަށް ލިބުނު ފުރުޞަތު ފާހަގަކޮށްލެވެއެވެ. ނަމަވެސް މިބޯޅަ ޖެހުނީ ގޯލުގެ އަރިމަތީ ދާގަނޑުގައެވެ.
އެއްވެސް ޓީމަކަށް ލަނޑު ބޯޑުން ސުމެއް ނައްޓާނުލެވުނަސް ގިނަ ހަމަލާތައް އުފައްދާފައިވަނީ ކްރޮއޭޝިއާ އިންނެވެ.
ދެވަނަ ހާފުގައި އާޖެންޓީނާ އިން ކުޅުންވަރުގަދަ ކުރިނަމަވެސް 53 ވަނަ މިނެޓުގައި ކްރޮއޭޝިއާގެ ރެބިޗް ވަނީ ލަނޑެއްޖަހާ ލީޑު ނަގާފައެވެ. މިއީ އާޖެންޓީނާގެ ޑިފެންޑަރ ކީޕަރަށް ޖައްސާލި ބޯޅަ ކީޕަރަށް ސާފުކޮށްނުލެވުމުގެ ފައިދާ ނަގާ ޖެހި ލަނޑެކެވެ.
މި ލަނޑަށްފަހު، އާޖެންޓީނާއިން ކުޅުންރަނގަޅުކޮށް ހަމަލާތައް ވަރުގަދަ ކުރުއެވެ. އެގޮތުން 63 ވަނަ މިނެޓުގައި އުފެއްދި ހަމަލާ ފާހަގަކޮށްލެވެއެވެ. ނަމަވެސް އެހަމަލާ ވަނީ ކްރޮއޭޝިއާގެ ކީޕަރު ދިފާޢުކޮށް ކޯނަރަކަށް ބޭރުކޮށްލާފައެވެ.
ކްރޮއޢޝިއާގެ ދެވަނަ ލަނޑަކީ ކެޕްޓަން މޮޑްރިޗް 80 ވަނަ މިނެޓުގައި ޖަހައިދިން ލަނޑެކެވެ. ކައުންޓަރ އެޓޭކުގައި އާޖެންޓީނާގެ ޕެނަލްޓީ އޭރިއާގެ ބޭރުން ފޮނުވާލި އަމާޒުވީ ސީދާ ގޯލުގެ ކަނަށެވެ. އަދި ކްރޮއޭޝިއާއަށް 3 ޕޮއިންޓު ކަށަވަރުކޮށްދިނީ ފަހުހާފުގެ އިތުރުވަގުތު ރެކިޓިޗް ޖަހައިދިން ލަނޑުންނެވެ.
މި ނަތީޖާއެކު ކްރޮއޭޝިއާ އޮތީ އެއްވަނައިގާ 6 ޕޮއިންޓު ހޯދައިގެންނެވެ. އަދި އައިސްލޭންޑާއި އާޖެންޓީނާއަށްވެސް 1 ޕޮއިންޓު ލިބިފައިވާ އިރު، ނައިޖީރިއާ އަށް އަދިޕޮއިންޓެއް ނުލިބެއެވެ.
ޚަބަރާއިގުޅޭ އިތުރު ލިޔުންތައް
މުހައްމަދު އަފްރާޙް
22 ޖޫން 2018