މޫސަގެ ދެ ލަނޑުން ނައިޖީރިއާއަށް ފުރަތަމަ މޮޅު..

މޫސަގެ ދެ ލަނޑުން ނައިޖީރިއާއަށް ފުރަތަމަ މޮޅު..


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 22 ސިކުންތު

ރަޝިއާގެ މޮސްކޯގައި މިހާރު ކުރިއަށްދާ ފިފާ ވަރލްޑް ކަޕްގައި އައިސްލޭންޑާއި ނައިޖީރިއާ ބައްދަލުކުރި މެޗު ކާމިޔާބުކޮށް ނައިޖީރިއާއިން މި މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.

މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވެއެވެ. ނަމަވެސް ފަހުހާފުގައި ނައިޖީރިއާއިން އެޓޭކިންގ ވަރުގަދަކޮށް 47 ވަނަ މިނެޓުގައި އަހްމަދު މޫސާ ވަނީ ލަނޑެއް ޖަހާ ލީޑު ނަގާފައެވެ. އަދި ފުލުފުލުގައި އައިސްލޭންޑުގެ ގޯލަށް ނުރައްކާ ކުރުމުގެ ނަތީޖާއަކީ އައިސްލޭންޑުގެ ދެ ޑިފެންޑަރުންގެ ކައިރިންނާއި ގޯލް ކީޕަރުގެ ކައިރިންވެސް ނައްޓާލުމަށްފަހު 73 ވަނަ މިނެޓުގައި މޫސަ ވަނީ އިތުރު ލަނޑެއްޖަހާ ލީޑު ފުޅާކޮށްފައެވެ.

މި ނަތީޖާގައި މެޗު ނިމެންދަނިކޮށް 83 ވަނަ މިނެޓުގައި އައިސްލޭންޑަށް ވަނީ ޕެނަލްޓީއެއްވެސް ލިބިފައެވެ. ނައިޖީރިއާގެ ޕެނަލްޓީ އޭރިއާ ތެރެއިން ކުރި ފައުލަކަށް ވީއޭއާރް މެދުވެރިކޮށް ލިބުނު މި ޕެނަލްޓީ ދިޔައީ ގޯލުގެ ހުރަސްދަނޑިމަތިން ބޭރަށެވެ. އަދި 88 ވަނަ މިނެޓުގައިވެސް ވަނީ ނަތީޖާގެ ފަރަގު ކުޑަކުރުމަށް ޗާންސެއް ލިބިފައެވެ. ނަމަވެސް މި ހަމަލާ ވަނީ ނައިޖީރިއާގެ ކީޕަރު މަތަކޮށްފައެވެ.

މި ނަތީޖާއަައެކު ގްރޫޕް ޑީގައި ކްރޮއޭޝިއާއަށް 6 ޕޮއިންޓު ލިބި ދެވަނަބުރަށް ގޮސްފައިވާއިރު، މިރޭގެ މޮޅާއެކު ނައިޖީރިއާ 3 ޕޮއިންޓު ހޯދާ ތާވަލުގެ ދެވަނައަށް އެރީއެވެ. އަދި އައިސްލޭންޑާއި އާޖެންޓީނާއަށްވެސް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

މި މުބާރާތުގައި މިރޭ 11 ޖަހާއިރު ވާދަކުރާނީ ގްރޫޕް އީގެ ސަރބިއާ އާއި ސްވިޓްޒަރލޭންޑެވެ.

ގްރޫޕް އީގައި 4 ޕޮއިންޓާއެކު ބްރެޒިލް ލީޑުކުރާ އިރު، ދެވަނައިގާ ސަރބިއާ އޮތީ 3 ޕޮއިންޓާއެކުއެވެ. ސްވިޓްޒަރލޭންޑަށް 1 ޕޮއިންޓު ލިބިފައިވާ އިރު، ކޮސްޓަރިކާއަށް ޕޮއިންޓެއް ނުލިބެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް