ތަފާތުބޮޑު ނަތީޖާއަކުން ޓިއުނީޝިއާ ބަލިކޮށް ބެލްޖިއަމް ގްރޫޕް ޖީގެ އެއްވަނައަށް..

ތަފާތުބޮޑު ނަތީޖާއަކުން ޓިއުނީޝިއާ ބަލިކޮށް ބެލްޖިއަމް ގްރޫޕް ޖީގެ އެއްވަނައަށް..


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 0 ސިކުންތު

ފިފާ ވަރލްޑް ކަޕްގައި މިއަދު ހަވީރު ކުޅުނު ގްރޫޕް ޖީގެ މެޗު ތަފާތުބޮޑު ނަތީޖާއަކުން ބެލްޖިއަމް ކާމިޔާބުކޮށްފިއެވެ.

މި މެޗު އެޓީމުން ކާމިޔާބުކުރީ 5-2 ލަނޑުންނެވެ.

ފުރަތަމަ ލަނޑު 6 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އެޒަން ހަޒާޑު ޖެހި އިރު، މި ހާފު ނިމުމުގެ ކުރިން ލުކާކޫ ވަނީ އިތުދު ދެލަނޑު ޖަހާ ލީޑު ފުޅާކޮށްފައެވެ. ލުކާކޫގެ ފުރަތަމަ ލަނޑު 16 ވަނަ މިނެޓުގައި ޖެހި އިރު، އޭނާގެ ދެވަނަ ލަނޑު ޖަހާފައިވަނީ ފުރަތަމަ ހާފުގެ އިތުރުވަގުތުގެ ގޮތުގައި ދެއްކި 3 މިނެޓު ހަމަވާން ސިކުންތުކޮޅަކަށްވެފައިވަނިކޮށެވެ

އެހެެންނަމަވެސް ފުރަތަމަ ހާފުގައި ޓިއުނީޝިއާ އިންވެސް ވަނީ ލަނޑެއްޖަހާފައެވެ. މި ލަނޑު 18 ވަނަ މިނެޓުގައި ޖަހައިދިނީ ބްރޯންއެވެ.

ދެވަނަ ހާފު ފެށިގެން ޓިއުނީޝިއާ އިން ބެލްޖިއަމްގެ ގޯލަށް ދެތން ހަމަލާއެއް ފޮނުވާލިނަމަވެސް ސްކޯބޯޑަށް ބަދަލު ނުގެނެވެނީސް 51 ވަނަ މިނެޓުގައި ބެލްޖިއަމްގެ ކެޕްޓަން އެޒަން ހަޒާޑުވަނީ އިތުރު ލަނޑެއްޖަހާ ނަތީޖާ 4-1 އަށް ބަދަލުކޮށްފައެވެ.

ދެވަނަ ހާފުގައި ބެލްޖިއަމް އިން ވަނީ އެޓޭކިންގ ވަރުގަދަކޮށްފައެވެ. އަދި ޓިއުނީޝިއާގެ ގޯލަށް ފޮނުވަމުންދިޔަ ހަމަލާތަކުގެ ހުރަހަކަށްވީ ޓިއުނީޝިއާގެ ގޯލްކީޕަރެވެ. ނަމަވެސް 90 ވަނަ މިނެޓުގައި ބަޓްޝުއޭ ވަނީ ލަނޑެއް ޖަަހާ ބެލްޖިއަމްގެ ސްކޯ ފަހަކަށް ބަދަލުކޮށްފައެވެ.

ޓިިއުނީޝިއާ އިންވެސް ހިތްވަރު އެލުވާނުލާ ކުޅުމުގެ ނަތީޖާއަކަށްވީ 93 ވަނަ މިނެޓުގައި ކަޒްރީ ލަނޑެއް ޖަހާ 5-1އަށް ބަދަލުކުރުމެވެ. މެޗު ނިމުނީ މި ނަތީޖާގައި އޮވެއެވެ.

ގްރޫޕް ޖީގައި ބެލްޖިއަމް އެއްވަނައިގާ އޮތީ 6 ޕޮއިންޓާއެކުއެވެ. ދެވަނައިގާ އޮތް އިންގްލެންޑަށް 3 ޕޮއިންޓު ލިބިފައިވާ އިރު، ޕެނަމާ އަދި ޓިއުނީޝިއާއަށް ޕޮއިންޓެއް ނުލިބެއެވެ.
މިއީ މި މުބާރާތުގައި އެންމެ ގިނަ ލަނޑު ފެނިގެންދިޔަ މެޗެވެ.

މިރޭ 8 ޖަހާއިރު އާއި 11 ޖަހާއިރު ކުޅޭނީ ގްރޫޕް އެފްގެ ދެ މެޗެވެ. ފުރަތަމަ މެޗުގައި ސައުތް ކޮރެއާ އާއި މެކްސިކޯ ބައްދަލުކުރާ އިރު، ދެވަނަ މެޗުގައި ބައްދަލުކުރާނީ ސްވިޑްން އާއި ޖަރުމަން އެވެ.

މި ގްރޫޕުގައި ހިމެނޭ ސްވިޑްން އަދި މެކްސިކޯއަށްވެސް 3 ޕޮއިންޓު ލިބިފައިވާ އިރު، ޖަރުމަން އަދި ސައުތް ކޮރެއާއަށް ޕޮއިންޓެއް ނުލިބެއެވެ.

އެހެންކަމުން ސައުތު ކޮރެއާ އާއި ޖަރުމަން ބަލިވެއްޖެނަމަ، ކަރުތާފެނަށް ވެއްޓޭނެތީ މިރޭގެ ދެ މެޗަކީ ޖަރުމަަން އަދި ސައުތް ކޮރެއާއަށްވެސް މުހިންމު ދެމެޗެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މުހައްމަދު އަފްރާޙް