އުރުގުއޭ އިން ރަޝިއާ ބަލިކޮށް ގްރޫޕް އޭގެ އެއްވަނަ ހޯދި އިރު، ސައުދީ އިން މިސްރު ބަލިކޮށްފި

އުރުގުއޭ އިން ރަޝިއާ ބަލިކޮށް ގްރޫޕް އޭގެ އެއްވަނަ ހޯދި އިރު، ސައުދީ އިން މިސްރު ބަލިކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 23 ސިކުންތު

ރަޝިއާގައި މިހާރު ކުރިއަށްދާ ފިދާ ވަރލްޑް ކަޕްގައި ގްރޫޕް އޭގެ އެއްވަނަ އުރުގުއޭ ހޯދައިފިއެވެ.

އެޓީމުން އެއްވަނަ ހޯދީ ގްރޫޕް ސްޓޭޖުގައި މިރޭ ކުޅުނު މެޗު މުބާރާތް ބާއްވާ ޤައުމު ރަޝިއާ އާވާދަކޮށް 3-0ން ކާމިޔާބުކޮށްގެނެވެ.

މި މެޗުގެ ފުރަތަމަ ލަނޑު 10 ވަނަ މިނެޓުގައި ލުއިސް ސުއަރޭޒް ޖަހައިދިން އިރު، ދެވަނަ ލަނޑަކީ 23 ވަނަ މިނެޓުގައި ރަޝިއާގެ ޗެރިޝޭވް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި ތިންވަނަ ލަނޑު ޖަަހައިދިނީ 90 ވަނަ މިނެޓުގައި ކަވާނީއެވެ.

މި ގްރޫޕުގައި ހިމެނޭ ސައުދީ އަރަބިއާ އާއި މިސްރުގެ މެޗުވެސް ވަނީ އެއްވަގުތެއްގައި ކުޅެފައެވެ. މި މެޗުގައި މިސްރު ލަނޑެއް ޖަހާފައިވަނިކޮށް ސައުދީ އިން ވަނީ ފަހަތުން އަރާ 2-1ން މޮޅުވެފައެވެ.

މިސްރުގެ ލަނޑު 22 ވަނަ މިނެޓުގައި ލިވަރޕޫލްގެ ފޯވަރޑް މުޙައްމަދު ސަލާޙު ޖެހި އިރު، ސައުދީގެ ފުރަތަމަ ލަނޑު ލިބުނު ޕެނަލްޓީއަކުން ޖެހީ އަލް ފަރާޖުއެވެ. އޭނާ މިލަނޑު ޖެހީ ފުރަތަމަ ހާފުގެ އިތުރުވަގުތުގެ ގޮތުގައިދެއްކި 5 މިނެޓުގެ ފަހު ސިކުންތުކޮޅުގައެވެ. އަދި އެޓީމުގެ ދެވަނަ ލަނޑު މެޗުގެ 95 ވަނަ މިނެޓުފައި ޖެހީ އަލް ދެވާސަރީއެވެ.

ގްރޫޕް އަެގެ ސްޓޭޖު ގްރޫޕް މެޗުތައް ނިމުނު އިރު، މި ގްރޫޕްގެ އެއްވަނަ އުރުގުއޭއަށް ލިބުނީ 9 ޕޮއިންޓާއެކުގައެވެ. ދެވަނަ ރަޝިއާއަށް ލިބުނީ 6 ޕޮއިންޓު ލިބިގެންނެވެ.

މި ގްރޫޕްގައި ދެން ހިމެނޭ ސައުދީ އަރަބިއާއަށް 3 ޕޮއިންޓު ލިބުނީ މިރޭ ކުޅުނު މެޗު މިސްރުގެ މައްޗަށް ކުރި ހޯދުމުންނެވެ. މިއަހަރުގެ ވަރލްޑް ކަޕްވެސް މިސްރަށް ނިންމާލަންޖެހުނީ މޮޅެއްވެސް، ޕޮއިންޓެއްވެސް ނުލިބިއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މުހައްމަދު އަފްރާޙް