އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ގްރޫޕް ބީ އިން ސްޕެއިން އާއި ޕޯޗުގަލް ގަދަ 16އަށް.. މޮރޮކޯ އަދި އީރާން ކަޓައިފި

ގްރޫޕް ބީ އިން ސްޕެއިން އާއި ޕޯޗުގަލް ގަދަ 16އަށް.. މޮރޮކޯ އަދި އީރާން ކަޓައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 15 ސިކުންތު

ފިފާ ވަރލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ފަހުމެޗުތައް ރޭ ކުޅުނު އިރު، މޮރޮކޯއިން ސްޕެއިންގެ މައްޗަށް 2-1ން ކުރިހޯދި އިރު، ޕޯޗުގަލް އާއި އީރާން ބައްދަލުކުރި މެޗު 1-1ން އެއްވަރުވެއްޖެއެޗެ.

ޕޯޗުގަލް އާއި އީރާން ބައްދަލުކުރި މެޗުގެ ފުރަތަމަ ގޯލު 45 ވަނަ މިނެޓުގައި ގްއެރެސްމާ ޖެހި އޮރު، 52 ވަނަ މިނެޓުގައި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް އީރާންގެ ޕެނަލްޓީ އޭރިއާގެ ތެރެއިން ކުރި ފައުލަކަށް ވީއޭއާރް ބެލުމަށްފަހު ރެފްރީ ދިން ޕެނަލްޓީ ރޮނާލްޑޯ ޖެހުމުން އީރާންގެ ޒުވާން ކީޕަރު ވަނީ މަތަކޮށްފައެވެ.

ފޯރިގަދަ ފިޒިކަލް ކުޅުމެއް ފެނުނު މި މެޗުގައި އީރާންގެ ގޯލު 93 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ޖެހީ އަންސާރިފާދުއެވެ. އީރާންގެ މި ގޯލަށްފަހުވެސް ވަނީ އެޓީމަށް ގޯލު ޖަަހަން ރަނުގެ ފުރުޞަތެއްލިބި ބޭކާރުވެފައެވެ.

މި މެޗު ވެގެންދިޔަޢީ ވީއޭއާރް އެންމެ ގިނައިން ބަލާ، ރެފްރީގެ ނިންމުންތައް ނިންމަންޖެހުނު މެޗެވެ.

މޮރޮކޯ އާއި ސްޕެއިން މެޗުގައި މޮރޮކޯގެ ފުރަތަމަ ގޯލު 14 ވަނަ މިނެޓުގައި ބޮއުޓެބް އެވެ. އަދި ސްޕެއިންގެ ފުރަތަމަ ގޯލު 19 މިނެޓުގައި އިސްކޯއެވެ.

އެހެންނަމަވެސް މޮރިކޯއިން ވަނީ ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު، މޮރޮކޯގެ ދެވަނަ ގޯލު 81 ވަނަ މިނެޓުގައި ޖެހީ ނެސީރީއެވެ.

ގްރޫޕް ބީގެ ތާވަލަށް ބަލާއިރު، ސްޕެއިން އަދި ޕޯޗުގަލްއަށްވެސް 5 ޕޮއިންޓު ލިބިގެން ގަދަ 16އަށް ދަތުރުކޮށްފައިވާ އިރު، މޮރޮކޯ އާއި އީރާން ކެޓީއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް