ގްރޫޕް ސީގެ އެއްވަނަ ފްރާންސަށް، ދެވަނަ ޑެންމާކަށް..

ގްރޫޕް ސީގެ އެއްވަނަ ފްރާންސަށް، ދެވަނަ ޑެންމާކަށް..


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 58 ސިކުންތު

ފިފާ ވަރލްޑް ކަޕްގެ ގްރޫޕް ސީގެ އެއްވަނަ ފްރާންސް އަދި ދެވަނަ ޓީމުގެ ގޮތުގައި ޑެންމާކް ރައުންޑް އޮފް ސިކްސްޓީންއަށް ހިނގައްޖެއެވެ.

ފްރާންސަށް ގްރޫޕްގެ އެއްވަނަ ލިބުނީ މިރޭ ކުޅުނު ގްރޫޕް ސްޓޭޖުގެ ފަހު މެޗުގެ ތެރެއިން ފްރާންސް އާއި ޑެންމާކް މެޗު އެއްވެސް ޓީމަކުން ލަނޑެއް ނުޖެހި އެއްވަރުވެ، އޮސްޓްރޭލިއާ އާއި ޕެރޫ ބައްދަލުކުރި މެޗު 2-0ން ޕެރޫ ކާމިޔާބު ކުރުމުންނެވެ.

މިރޭ 7 ޖެހިއިރު ފެށި ދެ މެޗުގެ ތެރެއިން އޮސްޓްރޭލިއާ އާއި ޕެރޫ މެޗުގެ ފުރަތަމަ ލަނޑު 18 ވަނަ މިނެޓުގައި ޕެރޫގެ ކެރިއްލޯ ޖެހި ގޯލުން ފުރަތަމަ ހާފު ނިންމާލިއިރު، ލަނޑުޖަހަން ޗާންސް ވަނީ ލިބިފައެވެ.

ދެވަނަ ހާފުގައި ޕެރޫއިންވަނީ އިތުރު ލަނޑެއްޖަހާ ލީޑު ފުޅާކޮށްފައެވެ. މިއީ 53 ވަނަ މިނެޓުގައި ގުރޭރޯ ޖަހައިދިން ލަނޑެކެވެ.

ގްރޫޕް ސީގެ ގްރޫޕް ސްޓޭޖު މެޗުތައް ނިމުނުއިރު، 7 ޕޮއިންޓާއެކު ފްރާންސް އެއްވަނަ ހޯދި އިރު، ދެވަނައިގާ އޮތީ 5 ޕޮއިންޓާއެކު ޑެންމާކެވެ. ދެން މި ގްރޫޕުގައި އޮތް ޕެރޫއަށް 3 ޕޮއިންޓު އަދި އޮސްޓްރޭލިއާއަށް 1 ޕޮއިންޓު ވަނީ ލިބިފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް