ގްރޫޕް ޑީ އިން ރައުންޑް އޮފް ސިކްސްޓީންއަށް ކްރޮއޭޝިއާ އަދި އާޖެންޓީނާ..

ގްރޫޕް ޑީ އިން ރައުންޑް އޮފް ސިކްސްޓީންއަށް ކްރޮއޭޝިއާ އަދި އާޖެންޓީނާ..


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 42 ސިކުންތު

ރަޝިއާގައި ކުރިއަށްދާ ދުނިޔޭގެ ތައްޠަށް ކުޅޭ ފުޓްބޯޅަ މުބާރާުގެ ގްރޫޕް ޑީ އިން ރައުންޑް އޮފް ސިކްސްޓީންއަށް ކްރިއޭޝިއާ އާއި އާޖެންޓީނާ ހިނގައްޖެއެވެ.

މިރޭ ކުޅުނު އެ ގްރޫޕްގެ ފަހު މެޗަށް ނުކުތް އިރުވެސް ގަދަ 16 އަށް ގޮސްފައިވާ ކްރޮއޭޝިއާ ވަނީ މިރޭގެ މެޗުގައި އައިސްލޭންޑާ ވާދަކޮށް 2-1 ން މެޗު ކާމިޔާބުކޮށްފައެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުޖެހުނަށް ފުރަތަމަ ލަނޑު ކްރޮއަެޝިއާގެ ބަޖެލް ޖަހައިދިނީ 53 ވަނަ މިނެޓުގައެވެ.

މި މެޗުން މޮޅުވެގެން މުބާރާތުގައި ކުރިއަށް ދެވެންއޮތް އައިސްލޭންޑުން ވަނީ އިދިކޮޅު ގޯލަށް ނުރައްކާކޮށްފައެވެ. ނަތީޖާއަކަށްވީ އައިސްލޭންޑަށް ލިބުނު ޕެނަލްޓީއަކުން ސިގްރޯސަން ލަނޑެއް ޖަހާ ނަތީޖާ ހަމަކުރުމެވެ.

އެހެންނަވެސް އައިސްލޭންޑުގެ އުއްމީދުތައް ފެނަށްދުއްވާލީ ކްރޮއޭޝިއާގެ ޕެރިސިޗް 90 ވަނަ މިނެޓުގައި ލަނޑެއްޖެހުމުންނެވެ.

މި ގްރޫޕުގައި ދެން ކުޅުނީ އެއްވަރުކޮށްލައިގެންވެސް ގަދަ 16އަށް ދެވެންއޮތް ނައިޖީރިއާ އާއި މޮޅުވެގެން ނޫން ގޮތަކަށް ގަދަ 16އަށް އެރެން ނެތް އާޖެންޓީނާ އެވެ.

އެހެންކަމުން އާޖެންޓީނާ އިން ވަނީ އެހެން މެޗުތަކާއި ޚިލާފަށް ވަރުގަދަ އެޓޭކިންގ ގޭމެއް ކުޅެފައެވެ. އެގޮތުން ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީވެސް އެޓީމުންނެވެ. 14 ވަނަ މިނެޓުގައި މި ލަނޑު ޖެހީ ލައިނެލް މެސީއެވެ. މިއީ މި މުބާރާތުގައި މެސީ ޖެހި ފުރަތަމަ ލަނޑެވެ.

ފުރަތަމަ ހާފުގައި އާޖެންޓީނާ ލީޑުގައި އޮވެ ނިންމާލި އިރު، ދެވަނަ ހާފުގައި ނައިޖީރިއާ ވަނީ ލަނޑެއް ޖަހާ އެއްވަރުކޮށްފައެވެ. މިއީ 50 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މޯސީ ޖަހައިދިން ލަނޑެކެވެ.

މި ސްކޯރގައި އޮވެ ނިމޭނެކަމަށް ގިނަ ބަޔަކަށް ހީވިޔަސް އާޖެންޓީނާއަށް އުފާވެރިކަން ގެނުވާ، ނައިޖީރިއާއަށް ހިތާމައިގެ ސާލެއް ދިނީ 86 ވަނަ މިނެޓުގައި ރޮޖޯ ޖަހައިދިން ލަނޑުންނެވެ.

ގްރޫޕް ޑީގައި ކްރޮއޭޝިއާއަށް 9 ޕޮއިންޓު، އާޖެންޓީނާއަށް 4 ޕޮއިންޓު ލިބުނު އިރު، ނައިޖީރިއާއަށް ވަނީ 3 ޕޮއިންޓު ލިބިފައެވެ. އަދި އައިސްލޭންޑަށް ލިބުނީ އެންމެ ޕޮއިންޓެކެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް