އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮރެއާ އިން ޖަރުމަނު ބަލިކުރި އިރު، ސްވިޑްން އިން މެކްސިކޯ ބަލިކޮށްފި

ކޮރެއާ އިން ޖަރުމަނު ބަލިކުރި އިރު، ސްވިޑްން އިން މެކްސިކޯ ބަލިކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 51 ސިކުންތު

ގްރޫޕް އެފްގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކުގައި ކޮރެއާ އިން ޖަރުމަނު ބަލިކުރި އިރު، ސްވިޑްން އިން މެކްސިކޯ ބަލިކޮށްފިއެވެ.

މިރޭ ކުޅުނި ސްވިޑްން މެކްސިކޯ މެޗު ސްވިޑްން އިން މެޗު ކާމިޔާބުކުރީ 3-0ންނެވެ. އަދި ކޮރެއާ އިން މެޗު ކާމިޔާބުކުރީ 2-0ން ނެވެ.

މި ނަތީޖާއާއެކު ގްރޫޕް އެފް އިން ސްވިޑްން އާއި މެކްސިކޯއަށް 6 ޕޮއިންޓު ލިބުނު އިރު، މެކްސިކޯއަށް އެއްވަނަ ލިބެނީ ގޯލުގެ ތަފާތުންނެވެ. މި ގްރޫޕުގައި ދެން ހިމެނޭ ސައުތު ކޮރެއާ އަދި ޖަރުމަނަށްވެސް ލިބިފައިވަނީ 3 ޕޮއިންޓެވެ.

ފިފާ ވަރލްޑް ކަޕްގައި މިރޭ 11 ޖަހާއިރު ކުޅޭނީ ސްވިޓްޒަރލޭންޑް އާއި ކޮސްޓަރިކާ ބައްދަލުކުރާ މެޗާއި ސަރބިއާ އާއި ބްރެޒިލް ބައްދަލުކުރާ މެޗެވެ. މިއީ ގްރޫޕް އީގެ ދެމެޗެވެ.

މި ގްރޫޕުގައި ބްރެޒިލް އަދި ސްވިޓްޒަރލޭންޑަށްވެސް 4 ޕޮއިންޓު ލިބިފައިވާ އިރު، ސަރބިއާއަށް ވަނީ 3 ޕޮއިންޓު ލިބިފައެވެ. ކޮސްޓަރިކާއަށް ޕޮއިންޓެއް ނުލިބެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޚް