ވަރލްޑް ކަޕްގެ "ރަންބޫޓު" ހޯދާނީ ކޮން ކުޅުންތެރިއެއް..

ވަރލްޑް ކަޕްގެ "ރަންބޫޓު" ހޯދާނީ ކޮން ކުޅުންތެރިއެއް..


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 7 ސިކުންތު

ވަރލްޑް ކަޕްގައި މިއަހަރުގެ އެންމެގިނަ ގޯލު ޖަހާ ރަންބޫޓު ހޯދާނީ ކޮން ކުޅުންތެރިއެއްބާއެވެ!؟ މިއީ ވަރަށްގިނަ ބައެއްގެ ހިތުގައި މިހާރު އުފެދޭނެ ސުވާލެކެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ރޮނާލްޑޯ ހެދި ހެޓްރިކާއެކު ގިނަ ބަޔަކު ޤަބޫލުކުރީ ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމޭއިރު، ރޮނާލްޑޯގެ ލަނޑުގެ ޢަދަދު ތަފާތުބޮޑުކޮށް ދައްކާނެ ކަމަށެވެ. ނަމަވެސް ކަންތައްދިމާވީ އެހެނެއް ނޫނެވެ.

ގްރޫޕް ސްޓޭޖު ނިމުމަކާއި ގާތްވެ، މި މަހުގެ 30ގައި ރައުންޑް އޮފް ސިކްސްޓީންގެ މެޗުތައް ފަށާއިރު، މިހާތަނަށް އެންމެ ގިނަ ގޯލު ޖަހާފައިވަނީ އިންގްލެންޑުގެ ކެޕްޓަން ހަރީ ކޭން އެވެ. އޭނާ ވަނީ މިހާތަނަށް 5 ގޯލު ޖަހާފައެވެ.

ދެވަނައިގައިވާ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ބެލްޖިއަމްގެ ކުޅަދާނަ ފޯވަރޑް ލުކާކޫ މިހާތަނަށް ޖަހާފައިވަނީ 4 ގޯލެވެ. އަދި ރަޝިއާގެ ޑެނިސް ޗެރިޝޭވް އާއި ސްޕެއިންގެ ޑިއެގޯ ކޮސްޓާ ވަނީ 3 ގޯލު ޖަހާފައެވެ.

މި ހުރިހާ ކުޅުންތެރިންވެސް ރައުންޑް އޮފް ސިކްސްޓީންގައި ކުޅޭނެ އިރު، މިފަހަރުގެ ރަންބޫޓު މިއިން ކޮންމެ ކުޅުންތެރިއަކަށްވެސް ހޯދުމުގެ ފުރުޞަތު އަދިއެބައޮތެވެ. މިހުރިހާ ކުޅުންތެރިންނަކީވެސް މިކަމަށް ޤާބިލު ކުޅުންތެރިންނެވެ. ކޮންމެ ވަގުތެއްގައިވެސް ލަނޑުޖެހޭނެފަދަ ހުނަރުވެރިންނެވެ.

ބަލަން ތިބެމާހެވެ. ޔަޤީންވާ އެކައްޗަކީ ރަންބޫޓުގެ ފޯރި ގަދަވާނެކަމެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް