އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފްރާންސުން އާޖެންޓީނާ ލަދުގަންނަވާލުމަށްފަހު، ކްއާޓަރގެ ފުރަތަމަ ޖާގައަށް..

ފްރާންސުން އާޖެންޓީނާ ލަދުގަންނަވާލުމަށްފަހު، ކްއާޓަރގެ ފުރަތަމަ ޖާގައަށް..


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 9 ސިކުންތު

ފިފާ ވަރލްޑް ކަޕްގެ ރައުންޑް އޮފް ސިކްސްޓީންގެ ފުރަތަމަ މެޗު ފްރާންސް ކާމިޔާބުކޮށް ކްއާޓަރ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފިއެވެ.

އާޖެންޓީނާ އާވާދަކޮށް 4 ލަނޑު 3 ލަނޑުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުގެ ފުރަތަމަ ލަނޑު ލިބުނު ޕެނަލްޓީއަކުން 13 ވަނަ މިނެޓުގައި ޖަހައިދިނީ ގްރީޒްމަން އެގެ.

އެހެންނަމަވެސް ފުރަތަމަ ހާފު ނިމުމުގެކުރިން އާޖެންޓީނާގެ ޑިއަ މާރިއާ ވަނީ ލަނޑެއް ޖަހާ އެއްވަރުކޮށްފައެވެ. މި ލަނޑު އޭނާ ޖަހައިދިނީ 41 ވަނަ މިނެޓުގައެވެ.

ފުރަޔަމަ ހާފު މިގޮތުގައި ނިނާލުމަށްފަހު، ދެވަނަ ހާފުގައި ދެ ޓީމުންވެސް ވަރުގަދަ ހަމަލާ ވަރުގަދަކުރިއެވެ. އަދި 48 ވަނަ މިނެޓުގައި އާޖެންޓީނާގެ މާކެޑޯ ވަނީ ލަނޑެއް ޖަހާފައެވެ.


އެހެެންކަމުން ފްރާންސުން ކްއާޓަރ ފައިނަކަށް ދިއުމަށް ކުރަންޖެހުނު މަސައްކަތް އިތުރުވިއެވެ. އެގޮތުން ކުރި މަަަސައްކަތުން 57 ވަނަ މިނެޓުގައި ޕަވަޑް ވަނީ ލަނޑެއްޖަހާ ނަތީޖާ ހަމަކޮށްފައެވެ.
މި ލަނޑަށް ފަހު، 64 އަދި 68 ވަނަ މިނެޓުގައި އެމްބައްޕޭ ޖަހައިދިން ދެ ލަނޑުން އާޖެންޓީނާ ރޮއްވާލިއެވެ.

މި ނަތީޖާގައި މެޗު ނިމެންދަނިކޮށް މެޗުގެ އިތުރުވަަގުތު އާޖެންޓީނާގެ ސަރޖިއޯ އަގުއިރޯ ވަނީ ލަނޑެއްޖަހާ 4-3އަށް ބަދަލުކޮށްފައެވެ.

ފިފާ ވަރލްޑް ރައުންޑް އޮފް ސިކްސްޓީންގައި މިރޭ 11 ޖަހާއިރު ކުޅެނީ އުރުގުއާއީ އަދި ޕޯޗުގަލްއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް