ކަވާނީގެ ދެލަނޑުން ޕޯޗުގަލްގެ ވަރލްޑް ކަޕް ދަތުރަށް ނިމުން...
ކަވާނީގެ ދެލަނޑުން ޕޯޗުގަލްގެ ވަރލްޑް ކަޕް ދަތުރަށް ނިމުން...
އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 38 ސިކުންތު
ރަޝިއާގެ މޮސްކޯގައި މިހާރު ކުޅޭ ފިފާ ވަރލްޑް ކަޕްގެ ރައުންޑް އޮފް ސިކްސްޓީންގެ ދެވަނަ މެޗު އުރުގުއޭ އިން ކާމިޔާބުކޮށްފިއެވެ.
މި މެޗު އެޓީމުން ކާމިޔާބުކުރީ 2 ލަނޑު 1 ލަނޑުންނެވެ.
މެޗުގެ ފުރަތަމަ ހަމަލާ ފޮނުވާލީ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ނަމަވެސް މި ހަމަލާ ވަނީ އުރުގުއޭގެ ކީޕަރު މަތަކޮށްފައެވެ.
މި މެޗުގެ ފުރަތަމަ ލަނޑު 7 ވަނަ މިނެޓުގައި ކަވާނީ އެވެ. މިއީ ކައުންޓަރ އެޓޭކެއްގައި ލުއިސް ސުއަރޭޒް ވަރަށް ބަލާލާފައި ހުރަސްކުރި ބޯޅަ ދެ ޑިފެންޑަރުންގެ ފަހަތުގައި ހުރެ، ފުންމައިގެން އަރާ ބޮލުންޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާނިޔާބުކުރި ލަނޑެކެވެ.
މި ލަނޑަށްފަހުވެސް ޕޯޗުގަލް ޓީމުން ވަނީ އުރުގުއޭގެ ގޯލަށް ނުރައްކާކޮށްފައެވެ. އަދި އުރުގުއޭ އިންވެސް ވަނީ ނުރައްކާ ކޮށްފައެވެ.
އެގޮތުން އުރުގުއޭއަށް ލިބުނު ހިލޭ ޖެހުމެއް ލުއިސް ސުއަރޭޒް ޖެހުމުން ޕޯޗުގަލްގެ ކީޕަރު ވަނީ ދިފާޢުކޮށްފައެވެ.
ދެވަނަ ހާފުގައި ޕޯވުގަލް އިން އިތުރަށް ކުޅުން ރަނގަޅު ކުރުމުގެ ނަތީޖާއަކީ 55 ވަނަ މިނެޓުގައި ލަނޑެއްޖަހާ އެއްވަރު ކުރުމެވެ. މިއީ ލިބުނު ކޯނަރެއް ގޯލު ކުރިމައްޗަށް ހުރަސްކޮށްލުމުން ޕެޕޭ ބޮލުންޖަހާ ގޯލު ތެރެއަށް ބޯޅަ ގޮނުވާލައިގެން ޖެހި ލަނޑެކެވެ.
އެހެންނަމަވެސް 62 ވަނަ މިނެޓުގައި ކަވާނީ ވަނީ އިތުރު ލަނޑެއް ޖަަހާ ޕޯޗުގަލް ކުރަންޖެހޭ މަސައްކަތް ދެގުނަ ކުރުވާފައެވެ.
އުރުގުއޭގެ މި ލަނޑަށްފަހު ދިފާޢީ ކުޅުމެއް ކުޅެމުންދިޔަ އުރުގުއޭގެ ގޯލަށް ޕޯޗުގަލް އިން ފުލުފުލުގައި ހަމަލާތައް ފޮނުވިނަަމަވެސް ނަތީޖާއަށް ބަދަލުގެނެވޭގޮތް ވަނީ ނުވެފައެވެ.
މި މުބާރާތުގައި މާދަމާރޭ ކުޅޭ ރައުންޑް އޮފް ސިކްސްޓީންގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ސްޕެއިން އަދި ރަޝިއާ އެވެ. މި މެޗު ފަށާނީ ރާއްޖެގަޑިން 7 ޖަހާއިރުއެވެ. ދެވަނަ މެޗުގައި ޑެންމާކް އަދި ކްރޮއޭޝިއާ ބައްދަލުކުރާއިރު، މި މެޗު ފަށާނީ ރާއްޖެގަޑިން 11 ޖަހާއިރުއެވެ.
ޚަބަރާއިގުޅޭ އިތުރު ލިޔުންތައް
މުހައްމަދު އަފްރާޙް
1 ޖުލައި 2018