އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވަރާނޭ އާއި ގްރީޒްމަންގެ ލަނޑުތަކުން އުރުގުއޭ ރޮއްވާލުމަށް ފަހު، ސެމީގެ ފުރަތަމަ ޖާގަ ފްރާންސުން ހޯދައިފި.

ވަރާނޭ އާއި ގްރީޒްމަންގެ ލަނޑުތަކުން އުރުގުއޭ ރޮއްވާލުމަށް ފަހު، ސެމީގެ ފުރަތަމަ ޖާގަ ފްރާންސުން ހޯދައިފި.


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 36 ސިކުންތު

ފިފާ ވަރލްޑް ކަޕްގެ ކްއާޓަރ ފައިނަލުގެ ފުރަތަމަ މެޗުގައި ފްރާންސުން އުރުގުއޭގެ މައްޗަށް ކުރި ހޯދާ ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފިއެވެ.

ފްރާންސުން މި މެޗު ކާމިޔާބުކުރީ 0-2 ލަނޑުންނެވެ.

މެޗުގެ ފުރަތަމަ ލަނޑު 40 ވަނަ މިނެޓުގައި ޖެހީ ވަރާނޭ އެވެ. މިއީ އުރުގުއޭގެ ޕެނަލްޓީ އޭރިއާ ބޭރުން ފްރާންސަށް ލިބުނު ހިލޭޖެހުން ގްރީޒްމަން ވަރަށް ރީތިކޮށް ގޯލުގެ ކުރިމައްޗަށް ހުރަސްކޮށްލުމުން އެހާމެރީތިކޮށް ބޮލުންޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކުރި ލަނޑެކެވެ. އަދި މިއީ މި މެޗުގައި ގޯލަށް އަމާޒުކޮށް ފޮނުވާލި ފުރަތަމަ ހަމަލާވެސްމެއެވެ.

ފްރާންސްގެ މިލަނޑަށްފަހު، އުރުގުއޭ އިން ވަނީ ފްރާންސްގެ ގޯލަށް ނުރައްކާ ކޮށްފައެވެ. އެހޮތުން އުރުގުއޭއަށް ލިބުނު ހިލޭޖެހުމެއް ވެސީނޯ ފޮނުވާލުމުން ފްރާންސްގެ ގޯލްކީޕަރު ވަނީ ވަރަށް ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.

ދެވަނަ ހާފު ފެށިގެން 47 ވަނަ މިނެޓުގައި އުރުގުއޭއަށް ލިބުނު ގޯލް ކިކް ކީޕަރު ޑިފެންޑަރަށް ޖައްސާލުމުން އަނބުރާ ކީޕަރަށް ޖެއްސި ވަގުތު ކީލަރު އެބޯޅަ ސާފުކޮށްލަން އުޅުމުގެ ތެރޭގައި ގްރީޒްމަންގެ ފައިގެ ޖެހިފަ ދިޔައީ ބޭރަށެވެ.

އެޓޭކިންގ ފުޓްބޯޅައެއް ދެ ޓީމުންވެސް ކުޅެމުންހޮސް، 61 ވަނަ މިނެޓުގައި ގްރީޒްމަން ވަނީ އިތުރު ލަނޑެއް ޖަހާ ފްރާންސްގެ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އޭނާ ޖެހީ އުރުގުއޭގެ ޕެނަލްޓީ އޭރިއާގެވެސް ބޭރުގައި ހުރެފަ ވަރަށް ބާރަށް ފޮނުވާލައިގެންނެވެ. މި ބޯޅަ މަތަކުރުމަށް އުރުގުއޭގެ ގޯލް ކީޕަރު މަސައްކަތް ކުރި ނަމަވެސް އޭނާގެ އަތުގައި ޖެހިފައި ބޯޅަ ވަނީ ގޯލުގެ ތެރެއަށެވެ. މިއީ މި ވަރލްޑް ކަޕްގައި ގްރީޒްމަން ޖެހި 3 ވަނަ ލަނޑެވެ.

މި މުބާރާތުގެ ކްއާޓަރ ފައިނަލުގެ ދެވަނަމެޗުގައި މިރޭ 11 ޖަހާ އިރު ބައްދަލުކުރާނީ ބްރެޒިލް އާއި ބެލްޖިއަމް އެވެ. މި މެޗުން މޮޅުވާ ޓީމެއް ސެމީ ފައިނަލުގައި ކުޅެންޖެހޭނީ ފްރާންސް އާއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް