އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިންގްލެންޑު ބަލިކޮށް ދުނިޔޭގެ ތިންވަނަ ބެލްޖިއަމް ހޯދައިފި

އިންގްލެންޑު ބަލިކޮށް ދުނިޔޭގެ ތިންވަނަ ބެލްޖިއަމް ހޯދައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 53 ސިކުންތު

ފިފާ ވަރލްޑް ކަޕްގައި އިންގްލެންޑު ބަލިކޮށް ދުނިޔޭގެ ތިންވަނަ ބެލްޖިއަމް ހޯދައިފިއެވެ.

ބެލްޖިއަމްއިން ތިންވަނަ މަޤާމު ހޯދީ ތިންވަނަ ހޮވުމަށް މިރޭ ކުޅުނު މެޗު 0-2 ލަނޑުން ކާމިޔާބުކޮށްގެންނެވެ.

މެޗު ފެށިގެން އިންގެންޑުން ވަރަޡް އާދައިގެ ކުޅުމެއް ފެނުނު އިރު، ފުރަތަމަ ލަނޑު 4 ވަނަ މިނެޓުގައި ބެލްޖިއަމްއަށް ޖަހައިދިނީ މެއުނިއަރ އެވެ.

މީގެ އިތުރުންވެސް ބެލްޖިއަމްގެ ލުކާކޫއަށް ވަނީ ސްކޯރ ކުރަން ދެތިން ފުރުޞަތެއް ލިބި ބޭކާރުވެފައެވެ.

ފުރަތަމަ ހާފު ބެލްޖިއަމް ލީޑުގައި އޮވެ ނިންމާލި އިރު، ދެވަނަ ހާފުގައި އިންގްލެންޑުން ވަނީ ކުޅުން ރަނގަޅުކޮށްފައެވެ.

އެގޮތުން އެޓޭކިންގ ވަރުގަދަކޮށް ހަމަލާތައް އުފައްދަން ފެށިއެވެ. ނަމަވެސް ނަތީޖާއަށް ބަދަލު ނައިސްގެން އުޅެނިކޮށް 82 ވަނަ މިނެޓުގައި ބެލްޖިއަމްއަށް މުބާރާތުގެ ތިންވަނަ ޔަގީންކޮށްދިނީ ކެޕްޓަން އެޑަން ހަޒާރޑް ޖަހައިދިން ލަނޑުންނެވެ.

ފިފާ ވަރލްޑް ކަޕްގެ ފައިނަލް މެޗު އޮންނާނީ މާދަމާރޭ 8 ޖަހާއިރުއެވެ. ބައްދަލުކުރާނީ ފްރާންސް އާއި ކްރޮއޭޝިއާ އެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މުހައްމަދު އަފްރާޚް