އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަލުން އިމާރާތް ކުރުމަށް ޛިކުރާ މިސްކިތް ބަންދު ކޮށްފި

އަލުން އިމާރާތް ކުރުމަށް ޛިކުރާ މިސްކިތް ބަންދު ކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 33 ސިކުންތު

މަޖީދީ މަގާއި ހުދުމާ ސަރަޙައްދުގައި ހުންނަ މަސްޖިދުލް ޛިކުރާ ގައި ނަމާދުކުރުން ހުއްޓާލާ، އެމިސްކިތް އަލުން އިމާރާތް ކުރުމަށް ބަންދު ކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމިސްކިތުން ފެނާއި ކަރަންޓު ކަނޑާލާ، މިސްކިތް ބަންދު ކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުން ފެށިގެންނެވެ.

ޛިކުރާ މިސްކިތުގައި އިސްލާމިކް މިނިސްޓްރީން ބަހައްޓާފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެމިސްކިތުގައި ނަމާދު ކުރުން ހުއްޓާލާ ބަންދު ކޮށްފައިވަނީ މިސްކިތް އަލުން އިމާރާތް ކުރުމުގެ މަސައްކަތް ކުރުމަށް ކަމަށެވެ.

މިމިސްކިތް އަލުން އިމާރާތް ކުރުމަށް 2017 ވަނަ އަހަރުގެ ބަޖެޓުގައި 115 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ