އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙައްޖު މަހުގެ ފުރަތަމަ 10 ދުވަހަކީ ފާފަ ފުއްސެވުން އެދި މަސައްކަތްކުރަން އެންމެ މުހިންމު ދުވަސްތައް: ޝައިޚް މުޙައްމަދު ޠައްޔިބް

ޙައްޖު މަހުގެ ފުރަތަމަ 10 ދުވަހަކީ ފާފަ ފުއްސެވުން އެދި މަސައްކަތްކުރަން އެންމެ މުހިންމު ދުވަސްތައް: ޝައިޚް މުޙައްމަދު ޠައްޔިބް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 31 ސިކުންތު

އަހަރުގެ ތެރެއިން ވަކި ޚާއްޞަ ދުވަސްތަކަކާއި ރޭތަކެއް ﷲ ތަޢާލާ މާތްކުރެއްވަވާފައިވަނީ ފާފަ ފުއްސެވުން އެދި މަސައްކަތްކުރަން މީސްތަކުންނަށް ދެއްވަވާ ފުރުޞަތެއްގެ ގޮތުގައެވެ. ވީމާ އެ ފުރުޞަތުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފަން ކޮންމެ މީހަކުވެސް ގަދައަޅައި މަސައްކަތްކުރަންވާނެއެވެ.

އަހަރުގެ ދުވަސްތަކާއި ރޭތަކަށް ބަލައިފިނަމަ ބައެއް ރޭތަކާއި ދުވަސްތައް ﷲ ތާޢާލާ ވަނީ މަތިކުރައްވަވައި މާތް ކުރައްވަވައިފައެވެ. އެހެން ރޭތަކާއި ދުވަސްތަކަށްވުރެ ޚާއްޞަ ކުރައްވަވައި ޤަދަރު އުފުއްލަވަވައިފައެވެ.

ރޭ ތަކަށް ބަލައިފިނަމަ އެންމެ މަތިވެރިކަން ބޮޑު ރޭތަކަކީ ރަމަޟާން މަހުގެ ރޭތަކެވެ. ދުވަސްތަކަށް ބަލައިފިނަމަ އެންމެ މަތިވެރި ދުވަސްތަކަކީ ހައްޖު މަހުގެ ފުރަތަމަ 10 ދުވަހުގެ ދުވަސްތަކެވެ. ރަމަޟާން މަހުގެ ދުވަސްތަކަށްވުރެ ޙައްޖު މަހުގެ ފުރަތަމަ ދުވަހުގެ މަތިވެރިކަން ބޮޑެވެ. ﷲ ތަޢާލާ ބަޔާން ކުރައްވަވާފައިވަނީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ މަތިވެރިކަން ބޮޑުވެގެންވަނީ ޙައްޖު މަހުގެ ފުރަތަމަ 10 ދުވަހު ކުރާ އަޅުކަން ކަމަށެވެ.

އެހެންކަމުން ރަމަޟާން މަހުގެ ރޭތަކާއި ދުވަސްތައް އިޙްޔާކުރާ ފަދައިން ޙައްޖުމަހުގެ 10 ދުވަސް ވެސް އިޙްޔާކުރަން ޖެހެއެވެ. މިކަމަށް ދިވެހިން ހޭލުންތެރި ނޫން ނަމަވެސް މިހާރު އަންނަނީ ހޭލުންތެރިކަން އިތުރުވަމުންނެވެ.

އެހެންވީމާ ޙައްޖު މަހުގެ ފުރަތަމަ 10 ދުވަހު ކުރާ އަޅުކަން އިތުރުކުރަން ޖެހޭނެއެވެ. ސުންނަތް ނަމާދު ކުރުމާއި ކީރިތި ޤްރްއާން ކިޔެވުމާއި ޞަދަޤާތް ދިނުމާއި އަދި އެނޫން އަޅުކަންތައް ކުރުން ވެސް އިތުރުކުރަންޖެހޭނެއެވެ. ވީވަރަކުން މިސްކިތުގައި ހޭދަކުރާ ވަގުތުވެސް އިތުރުކުރަންޖެހޭނެއެވެ.

ޢަރަފާތު ދުވަހު ރޯދަ ހިފުމާއި އެނޫން ދުވަސްތަކުގައިވެސް ވީހައި ގިނައިން ރޯދަ ހިފުމަކީވެސް ވަރަށް މަތިވެރި ސަވާބާއި ދަރުމަ ލިބޭނެ ކަމެކެވެ.

- މިއަދުގެ ޢަޞްރު ނަމާދަށްފަހު ވިޔަފާރިވެރިންގެ މިސްކިތުގައި އައްޝައިޚް މުޙައްމަދު ޠައްޔިބް ދެއްވި ދަރުސުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް