ސިވިލް ކޯޓަށް ޙާޟިރުކުރުމަށް ތިން މީހަކު ހޯދަނީ
ސިވިލް ކޯޓަށް ޙާޟިރުކުރުމަށް ތިން މީހަކު ހޯދަނީ
އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 19 ސިކުންތު
ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކާއި ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާ ތިން މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާ ގުޅިގެން އެތިން މީހުން ހޯދަން ފުލުހުން މަސައްކަތް ދަނީ ކުރަމުންނެވެ.
މިއަމުރުތަކާ ގުޅިގެން ހޯދުމަށްދަނީ ސ. ހިތަދޫ، ކާފޫރުގެ، އަޙްމަދު ޝަރީފް (43އ) އާއި . ގދ. މަޑަވެލި، ވާރޭވިލާ، ފަޙުދު މުޙައްމަދު(36އ) އާއި ސ. ފޭދޫ، އިރަމާގެ، މުޙައްމަދު ލަޠީފް (45އ) އެވެ.
އަޙްމަދު ޝަރީފް ހޯދަމުންދަނީ ސިވިލް ކޯޓަށް ހުށަހެޅިފައިވާ ޙުކުމް ތަންފީޛްކުރުމުގެމައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން ސެޕްޓެމްބަރު 9 ވަނަ ދުވަހުގެ 10:45 އަށް ސިވިލް ކޯޓަށް ޙާޟިރުކުރުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.
ފަޙުދު މުޙައްމަދު ހޯދަމުންދަނީ ސިވިލް ކޯޓަށް ހުށަހެޅިފައިވާ ޙުކުމް ތަންފީޛްކުރުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން ސެޕްޓެމްބަރު 9 ވަނަ ދުވަހުގެ 10:00 އަށް ސިވިލް ކޯޓަށްޙާޟިރުކުރުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.
މުޙައްމަދު ލަޠީފް ހޯދަމުންދަނީ ސިވިލް ކޯޓަށް ހުށަހެޅިފައިވާ ޙުކުމް ތަންފީޛްކުރުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން ސެޕްޓެމްބަރު 9 ވަނަ ދުވަހުގެ 11:00 އަށް ސިވިލް ކޯޓަށް ޙާޟިރުކުރުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.
ވީމާ މި ތިންމީހުންނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެ ނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރުމަށް އެދެއެވެ.
ޚަބަރާއިގުޅޭ އިތުރު ލިޔުންތައް
އައިޝަތު އަލީ
5 ސެޕްޓެމްބަރ 2018