ބަދުރު ހަނގުރާމައިގެ މައިދާނުގަ އަބޫޖަހުލުގެ ދެ ފައި ބުރިކޮށް ބިންމައްޗަށް ވައްޓައިލީ ޒުވާން ދެ ކުޑަކުދިން: ޝައިޚް އާދަމް ނިޝާން

ބަދުރު ހަނގުރާމައިގެ މައިދާނުގަ އަބޫޖަހުލުގެ ދެ ފައި ބުރިކޮށް ބިންމައްޗަށް ވައްޓައިލީ ޒުވާން ދެ ކުޑަކުދިން: ޝައިޚް އާދަމް ނިޝާން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 8 ސިކުންތު

އިސްލާމް ދީނަށް ނަޞްރު ދިނުމަށް ރަސޫލާ (ޞޢވ) ގެ ޒަމާނުގައި ޒުވާން ކުޑަކުދިން ދައްކައިދީފައިވަނީ ވަރަށް ލާމަސީލު މިސާލުތަކެކެވެ. އެގޮތުން ބަދުރު ހަނގުރާމައިގެ ދުވަހު ހަނގުރާމައިގެ މައިދާނުގައި އަބޫ ޖަހުލުގެ ދެފައި ބުރިކޮށް ބިންމައްޗަށް ވައްޓައިލީ ވަރަށް ޒުވާން ދެ ކުޑަކުދިންނެވެ.

އެދެކުދިން ހަނގުރާމައަށް ދާން ބޭނުންވުމުން ރަސޫލާ (ޞޢވ) އެކުދިންގެ ކުޑަކަމަށްޓަކައި ހަނގުރާމައަށް ގެންދަވަން ފަސްޖެހިވަޑައިގަތެވެ. ނަމަވެސް އެދެކުދިން، އެކުދިންގެ ހުނަރު ދައްކައި ހަނގުރާމަކުރެވިދާނެކަން ސާބިތުކޮށްދިނުމުން ހުއްދަ ދެއްވެވީ އެކުދިންގެ ކިބައިގައި އިސްލާމް ދީނަށް ނަޞްރު ދެނުމަށް ހުރި ޝައުޤުވެރިކަމަށްޓަކައެވެ.

ހަނގުރާމަ ހިނގަމުން ދަނިކޮށް ދެކުދިން (ވަކިވަކިން) ގޮސް (ހަނދާންވާގޮތުން) ޢަބްދުއްރަޙްމާން ބުނު އަޢްފްގެ ފައިންޕުޅުގައި ޖައްސަވާފައި އަބޫޖަހުލަކީ ކޮބައިތޯ ސުވާލުކޮށް އަބޫ ޖަހުލު ދެއްކެވުމަށް އެދުނެވެ. އަބޫ ޖަހުލު ހޯދަނީ ކީއްކުރަންތޯ ސުވާލުކުރެއްވުމުން ދެންނެވިކަމަށްވަނީ "އޭނާއަކީ ﷲގެ ރަސޫލާ (ޞޢވ) އަށް ތުރާކޮށް އުނދަގޫކޮށް އުޅުނު މީހެއް" ކަމަށެވެ.

އަބޫޖަހުލު އެއިރު ހަނގުރާމައިގެ މައިދާނުގައި އަބޫޖަހުލު އުޅެނިކޮށް ދެ ކުދިން (ކުޑަކަމުން) އަސްތަކުގެ ތެރެއިން ދެމިގަންނަމުން ގޮސް ދެކުދިން އަބޫޖަހުލާއި ކައިރިވެ އަސްމަތީގައި އިންދާ ދެފަރާތުން ދެކުދިން ލެފި އަބޫޖަހުލުގެ ދެފައި ބުރިކޮށް ބިންމައްޗަށް ވައްޓައިލީއެވެ.

އަބޫޖަހުލު މަރުވެ އޭނާގެ އަނިޔާވެރިކަމާ ދުއްތުރާތަކުން އިސްލާމުން ސަލާމަތްވުމުގެ އަސްލަކަށް ވެގެންދިއައީ އެދެކުދިން އޭނާގެ ދެފައި ބުރިކޮށް ބިންމައްޗަށް ވައްޓައިލުމެވެ. އެކުދިންގެ ހިތްތަކުގައި ﷲ އާއި ﷲ ގެ ރަސޫލާ (ޞޢވ) އަށް ލޯބީގެ މަތިވެރިކަމެވެ. ﷲ ގެ ދީނަށް ނަޞްރު ދިނުމަށް ހިތުގައި އޮތް ޝައުޤުވެރިކަމުގެ ބޮޑުކަމެވެ.

މިއަދުވެސް ޒުވާނުންގެ ކިބައިން މިފަދަ ލޯތްބާއި ޝައުޤުވެރިކަން އިންތިހާއަށް ބޭނުންވެއެވެ. ނަމަވެސް މިއަދު ގިނަ އަދަދެއްގެ ޒުވާނުންގެ ހިތްތަކުގައި ﷲ ތަޢާލާއަށާއި ރަސޫލާ (ޞޢވ) އަށް އޮންނަން ޖެހޭ ލޯބި މިވަނީ ކުޑަވެގެން ގޮސްފައެވެ. އެފަދަ ޒުވާނުންގެ ސަބަބުން އިސްލާމް ދީނަށް ކުރިއެރުމެއް ނުލިބޭއިރު މުޖުތަމައުއަށްވެސް ކުރާ ފައިދާއެއް ނެތެވެ. މިކަންކަމުގެ އިތުރުން އެމީހުންގެ މައިން ބަފައިން މުސްކުޅިވި ދުވަހު މިވަނީ އެ ޒުވާނުންނަށްޓަކައި ރޮއި ހިތާމަކޮށް ކަރުނަ އަޅަންޖެހިފައެވެ.

މިއަދުގެ ޒުވާނުންނަކީ ލޯހުޅުވޭ، މުޖުތަމައުއަށް ފައިދާހުރި ޚިދުމަތްކުރާ ބައަކަށްވާން އެބަޖެހެއެވެ.

- ޝައިޚް އާދަމް ނިޝާން ބިން ޢަލީ އާދަމް ވިޔަފާރިވެރިންގެ މިސްކިތުގައި ދެއްވި ދަރުސަކުން

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް