އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުލަގަދަ ޚަފްލާއަކާއެކު "ނިވައިރޯޅި" ގެ ޓްރެއިލާރ ބެލުންތެރިންނަށް އާންމުކޮށްފި

ކުލަގަދަ ޚަފްލާއަކާއެކު "ނިވައިރޯޅި" ގެ ޓްރެއިލާރ ބެލުންތެރިންނަށް އާންމުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 54 ސިކުންތު

ރާއްޖޭގެ ފިލްމު އިންޑަސްޓްރީގައި 20 އަހަރަށްވުރެ ގިނަ ދުވަސް ހޭދަ ކޮށްފައިވާ، މަޝްހޫރު ފިލްމީ ތަރި ނިއުމާ މުޙައްމަދުގެ ވަދާއީ ފިލްމު "ނިވައިރޯޅި" ގެ ޓްރެއިލާރ، ކުލަ ގަދަ ޚަފްލާއަކާއެކު ބެލުންތެރިންނަށް ރޭ އާންމުކޮށްފިއެވެ.

"ނިވައިރޯޅި" ގެ ޓްރެއިލާ އާންމުކޮށްފައިވަނީ، ބަންޑޮސް އައިލެންޑް ރިސޯޓުގައި މިކަމަށްޓަކައި ބޭއްވި "ނިވައިރޯޅު ކާޓެއިން ރެއިޒާ" އިވެންޓުގައެވެ.

ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ މިފިލްމުގެ ޓްރެއިލާރ އާއެކު "ނިވައިރޯޅި" ޕޯސްޓަރާއި ފިލްމުގެ ލަވައެއްގެ އިތުރުން ޕްރޮމޯޝަނަލް ލަވައެއް ވެސް ވަނީ އާންމުކޮށްފައެވެ.

ފިލްމުގެ ޕޯސްޓަރ ލޯންޗްކޮށްދެއްވީ މަޝްހޫރު "ނޯޓް" ކޮސްމެޓިކްސްގެ ރާއްޖޭގެ މާކެޓިން މެނޭޖަރ އަޙުމަދު ޝިޔާމެވެ. "ނޯޓް" ކޮސްމެޓިކްސް އަކީ މިފިލްމުގެ އޮފިޝަލް މޭކަޕް ޕާޓްނަރުންނެވެ.



"ނިވައިރޯޅީގެ ޓްރެއިލާ އާންމުކުރުމާއެކު ވަރަށް ގިނަ ދުވަސްތަކެއް އިންތިޒާރު ނިމުމަކަށް މިއައީ، ވަރަށް ބުރަ މަސައްކަތެއްގެ ކުޑަ ތަންކޮޅެއް ތި ފެނުނީ، ހުރިހާ ބޭފުޅުންނަށް ވެސް ވަރަށް ކަމުދާނެ ކަމަށް އުންމީދުކުރަން" އޭނާގެ އެންމެ ފަހު ފިލްމާއި ބެހޭގޮތުން ފަޚުރުވެރިކަމާއެކު ވާހަކަ ދައްކަމުން ނިއުމާ ބުންޏެވެ.

ނިއުމާ ގެ ޕްރޮޑަކްޝަނެއް ކަމުގައިވާ "ނިވައިރޯޅި" ގެ ސްކްރިޕްޓާއި ޑައިރެކްޝަންގެ މަސައްކަތް ކޮށްފައިވަނީ މޫމިން ފުއާދް އެވެ. ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ މާލެ ސިޓީގެ އިތުރުން ރ. އިނގުރައިދޫގައެވެ.

ފިލްމުގެ ކާސްޓުންގެ ގޮތުގައި ނިއުމާއާއެކު ހިމެނެނީ ޔޫސުފް ޝަފީއު (ޔޫއްޕެ)، ފާތިމަތު ޒީނަތު، އައިމިނަތު ރިޝްފާ، އަހުމަދު އަޒްމީލް (އަޒޭ)، އަހުމަދު ޒިޔާ، އަހުމަދު ސައީދު، މަރިޔަމް ޝަކީލާ، މަރިޔަމް ހަލީމް، އައިމިނަތު ރަޝީދާ (އައިންތު)، ނާޝިދާ މުޙައްމަދު (ނާއްކޮ)، އައިމިނަތު ނިފާ ރަޝީދު، އަހުމަދު އާސިފް، އިސްމާއިލް ޒާހިރު އަދި އަޖްނާޒް އަލީ އެވެ.

"ނިވައިރޯޅި" ސިނަމާތަކަށް އަންނަނީ އޮކްޓޯބަރ މަހުގެ 15 ވަނަ ދުވަހުއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ