އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އޮކްޓޯބަރު 28 ވަނަ ދުވަހުން ފެށިގެން ޤަތަރު އެއާވޭޒްގެ 3 ފްލައިޓް ކޮންމެ ދުވަހަކު ރާއްޖެ އަންނަނީ

އޮކްޓޯބަރު 28 ވަނަ ދުވަހުން ފެށިގެން ޤަތަރު އެއާވޭޒްގެ 3 ފްލައިޓް ކޮންމެ ދުވަހަކު ރާއްޖެ އަންނަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 52 ސިކުންތު

ޤަތަރު އެއާވޭޒްގެ އިތުރު ފްލައިޓެއް މިހިނގާ އޮކްޓޯބަރު 28 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް ދަތުރުކުރަން ފަށާނެ ކަމަށާއި މިފްލައިޓާއިއެކު ކޮންމެ ދުވަހަކު ޤަތަރު އެއާވޭޒްގެ 3 ފްލައިޓް ރާއްޖެ އަންނާނެ ކަމަށް ޤަތަރު އެއާވޭޒް އިން ބުނެފިއެވެ.

ޤަތަރު އެއާވޭޒް އިން ބުނެފައިވަނީ ޤަތަރު އެއާވޭޒްގެ ފްލައިޓްތައް، ޔޫރަޕާއި ރަސިއާ އަދި އެމެރިކާގެ ފްލައިޓްތަކާއި ގުޅުވައިދޭނެ ކަމަށެވެ. އެހެންކަމުން ރާއްޖެއަށް ދާން ބޭނުންވާ ގިނަ ޤައުމުތަކެއްގެ ފަތުރުވެރިންނަށް ފަސޭހަތަކެއް ލިބެމުން މިހާރުވެސް ދާކަމަށެވެ.

ޤަތަރު އެއާވޭޒް ގްރޫޕުގެ ޝީފް އެގްޒެކަޓިވް އަކްބަރް އަލ ބަކްރް ވިދާޅުވީ މިއީ އޭސިއާގެ ޤައުމުތަކަށް ކުރާ ދަތުރުތައް އިތުރުކުރުމަށް ކުރެވޭ ކަމެއް ކަމަށާއި ރާއްޖެއަކީ ޤަތަރު އެއާވޭޒް އިން އެންމެ އިސްކަންދޭ އެއް މަންޒިލް ކަމަށެވެ.

2017 ވަނަ އަހަރު ފެށި އޭ 359 ފްލައިޓާއިއެކު ޤަތަރު އެއާވޭޒް ވެފައިވަނީ ރާއްޖެއަށް ފުރަތަމަ ޖައްސަން ފެށި އެ މަރުކާގެ ބޯޓު ޖެއްސި ފުރަތަމަ އެއާ ލައިނަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް