އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހަމައެކަނި ހެޔޮ އެދުމާ ޑިމޮކްރަސީގެ ވާހަކައިން ރާއްޖެއަށް ކުރާނެ ފައިދާއެއް ނެތް!

ހަމައެކަނި ހެޔޮ އެދުމާ ޑިމޮކްރަސީގެ ވާހަކައިން ރާއްޖެއަށް ކުރާނެ ފައިދާއެއް ނެތް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 4 ސިކުންތު

ވަރަށް ގިނަ ޤައުމުތަކަކުން އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް މަރުޙަބާ ކިޔައިފިއެވެ. ރާއްޖެއަށް ހެޔޮ އެދޭކަން ހާމަކޮށްފިއެވެ. ރާއްޖޭގައި ޑިމޮކްރަސީ ޤާއިމުވެފައި އޮތުމުގެ މުހިންމުކަމުގެ ވާހަކަ ވަރަށް ފޯރީގައި ދައްކައިފިއެވެ. އަދި މިހާރުވެސް ގެންދަނީ ވަރަށް ފޯރީގައި މިކަންކަން ކުރަމުންނެވެ. މިއީ ވެސް ހަމަ ވަރަށް މުހިންމު ކަންކަމެވެ.

އެއާއިއެކު ބުނަންޖެހެނީ އަދި ތިއަވަރުން ފުދެން ނެތް ކަމަށެވެ. މާބޮޑަށް އެހީތެރިކަން ބޭނުންވާ ކަމަށެވެ.

ފެންނަމުން މިދާ ގޮތުން ވެރިކަން ބަދަލުވާއިރު ޤައުމުގެ މާލީ ޙާލަތު އޮންނާނެ ގޮތް އަދި ވަނީ ވަޒަން ކުރަންވެސް އެނގޭ ވަރަށްވުރެ ނުރައްކަލުގައެވެ. ދައުލަތުގެ މާލިއްޔަތުގައި އަތް ލެވޭ ގޮތަށް ހުންނާނީ ކިހައި ފައިސާއެއްކަން އެނގުން ވަނީ ވަރަށް ބޮޑު އަނދިރި ކަމެއްގެ ތެރޭގައެވެ.

ބޭރުގެ ދަރަނި އަންދާޒާ ކުރެވުނު ނަމަވެސް ދަރަނިތައް އަދާކުރަންޖެހޭ ގޮތުގެ ތާވަލު އެނގުމުން ނޫނީ ކުރިމަތިވާނެ މައްސަލަތައް ދެނެގަނެވޭނެ ގޮތެއް ނެތެވެ. ރާއްޖެއަކީ މިހައިތަނަށް މިމިންވަރަށް ދަރައިވިކުނު ޤައުމެއް ނޫނެވެ. ބޭރުގެ ދަރަނި ނުދެއްކިގެން ކަންބޮޑުވާން ޖެހުނު ޤައުމެއްވެސް ނޫނެވެ.

އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރަށް މި މައްސަލަތަކާއި ކުރިމަތިލާން ޖެހޭނެއެވެ. ލަންކާގައި ރައީސް ރާޖަޕަކްސަގެ ސަރުކާރު ބަދަލުވުމުން ކުރިމަތިލާން ޖެހުނު ފަދަ މައްސަލަތައް ހަމަ ރާއްޖެއަށްވެސް ކުރިމްތިވާނެއެވެ.

މިހާލަތުގައި ރާއްޖެއަށް ހެޔޮ އެދޭ ޤައުމުތަކާއި މާލީ އިދާރާތަކާއި ޖަމިއްޔާތަކުގެ އެހީތެރިކަން އިންތިހާއަށް ބޭނުންވާނެއެވެ. ހަމަ އެކަނި ދުލުން ބޭރުކުރާ ހެޔޮ އެދުމުގެ ބަސްތަކާއި ދޭ ލަފައަކުން ނުފުދޭނެއެވެ. އެއަށްވުރެ މާ ބޮޑަށް އެހީތެރިކަން ބޭނުންވާނެއެވެ!

މިހާލަތުގައި ނާޖާއިޒު ފައިދާ ނަގަން މަސައްކަތް ކުރާނެ ބައަކު އަބަދުވެސް ތިބޭނެއެވެ. ޤައުމުގެ ހަރުމުދާ ނުއަގުގައި ލިބިގަންނަން މަސައްކަތްކުރާނެ ބައަކުވެސް ތިބޭނެއެވެ. އިންވެސްޓަރުންގެ ކޯޓުލައިގެން އައިސް ނާޖާއިޒު ފައިދާ ނަގަން މަސައްކަތް ކުރާނެ ބައަކު ވެސް އުޅޭނެއެވެ. ވިޔަފާރި އުޞޫލުން ކުނި ނަގަން ހަވާލުވި ބޭރުގެ ކުންފުންޏަކަށް އެ މަސައްކަތް ކުރާނެ ލޮރީ އާއި އެހެނިހެން ސާމާނު ސަރުކާރުން ދޭންޖެހޭ ގޮތަށް އެއްބަސްވުންހެދުން ފަދަ ނާޖާއިޒު ގޮތްތަކަށް ކަންކަން ކުރަން ބޭނުންވާ ބައަކު އަބަދުވެސް އުޅޭނެއެވެ.

މިފަދަ "ދަންތުރަތަކުން" ސަލާމަތްވެ އޮވެ އައު ސަރުކާރަށް ކުރިއަށް ދެވޭނީ ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ލިބިގެންނެވެ. ރާއްޖެއަށް ބޭނުންވަނީ އަމިއްލަ އެދުމެއް ނެތި ހުރިހާ ގޮތަކުންވެސް ރާއްޖެއަށް އެހީތެރިވެދޭނެ ފަރާތްތަކެވެ.


ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް