އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބްރިޖް ހުރަސް ކުރަން ކެރޭނެތޯ އެހުމަށްވުރެ ރައީސް ނަޝީދަށް މަރުހަބާ ކިޔަން ނުކުންނަ ރައްޔިތުންގެ އަދަދުގުނާލަން މަގުތަކަށް ނުކުމެލަން ކެރޭނެތޯ ރައީސް ޔާމީނާ ސުވާލުކުރުން މާރަނގަޅު!: ސަޕޯޓަރުން

ބްރިޖް ހުރަސް ކުރަން ކެރޭނެތޯ އެހުމަށްވުރެ ރައީސް ނަޝީދަށް މަރުހަބާ ކިޔަން ނުކުންނަ ރައްޔިތުންގެ އަދަދުގުނާލަން މަގުތަކަށް ނުކުމެލަން ކެރޭނެތޯ ރައީސް ޔާމީނާ ސުވާލުކުރުން މާރަނގަޅު!: ސަޕޯޓަރުން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 54 ސިކުންތު

ރައީސް ނަޝީދު މާލެ ވަޑައިގަތުން މިއަދު ފާހަގަކުރެވިގެން މިދަނީ މިހައިތަނަށް އެއްވެސް ސިޔާސީ ލީޑަރަކަށް މަރުހަބާ ދަންނަވަން ނުބާއްވާ ފަދަ ބޮޑު ރަސްމިއްޔާތެއްގެ ގޮތުގައެވެ. އެހައި ބޮޑު ރަސްމިއްޔާތެއް ބޭއްވި ސަބަބާއިމެދު ރައީސް ނަޝީދުގެ ސަޕޯޓަރުންގެ މެދުގައިވެސް ޚިޔާލުތައް ތަފާތެވެ. ދެކޭ ގޮތް ތަފާތެވެ.

ގިނަ ބައަކު ބުނަނީ އެމީހުން ބޭނުންވަނީ ރައީސް ޔާމީނުގެ އަނިޔާވެރިކަން އެމަނިކުފާނުގެ ލޯފުޅަށް ދައްކަން ކަމަށެވެ. ރައްޔިތުންގެ ލޯބި އިންތިހާއަށް ހޯއްދަވައިގެން ހުންނެވި ލީޑަރަކު "ގަން ހިންގުވައި ޤައުމުން ބޭރުކޮށްލީ" ރައީސް ޔާމީނު ދުނިޔޭގައި ހުންނަވަނިކޮށް ރާއްޖެއަށް އެނބުރި ވަޑައި ނުގެންނެވޭނެކަން ޔަޤީންކުރައްވައިގެން ކަމަށްވުމުން ތަޢްދީރުގެ މައްޗަށް ތަދުބީރު ނުކުރެވޭނެކަންވެސް ދައްކަން ކަމަށެވެ.

"މިއަދު ރައީސް ނަޝީދަށް މަރުހަބާ ދަންނަވަން މަގުތަކަށް ނުކުންނާނެ 25،000 އާއި 30،000 އާއި ދެމެދުގެ އަދަދެއްގެ ރައްޔިތުން. މިއީ ރައީސް ޔާމީނު ވެރިކަމުގެ ޢާރާއި ބާރުގައި ހުންނަވައި މިލިއަނުން ފައިސާ ބެއްސެވީމާ ވެސް އެއްކުރެއްވުނު އަދަދެއް ނޫން. ފްލައިޓުތައް ޗާޓަރުކޮށްގެން ރާއްޖޭގެ ހުރިހާ އެއާޕޯޓްތަކުން މީހުން ގެނެސް ލިބުނުހައި އޮޑިދޯނިފަހަރާ ލޯންޗްތަކުގައި މީހުން ގެނައިމަ ވީވަރުވެސް ފެނިއްޖެ."

"ރައީސް ނަޝީދު ޤައުމުން ބޭރުކޮށްލި ރައީސް ޔާމީނު ހަމަ ވެރިކަމުގެ ހުރިހާ އާރާއި ބާރެއްގައި ހުންނަވަނިކޮށް ރައީސް ނަޝީދު މިއަދު ރާއްޖެ އެވަޑައިގަންނަވަނީ. މަންޒަރު ބައްލަވާލައްވަން މަގުމައްޗަށް ނުކުމެވަޑައިގަންނަވަން ރައީސް ޔާމީނަށް ކެރިވަޑައިގަންނަވާނެތޯ؟ އަޅުގަނޑުމެންނަށް ހީވަނީ ރައީސް ނަޝީދަށް ބްރިޖް ހުރަސްކުރައްވަން ކެރިވަޑައިގަންނަވާނެތޯ ސުވާލުކުރުމަށްވުރެ މި ސުވާލު ރައީސް ޔާމީނާ ކުރުން މާރަނގަޅުހެން."

ރައީސް ނަޝީދަށް މިއަދު މަރުޙަބާ ދަންނަވާނީ ހަމައެކަނި އެމްޑީޕީ ސަޕޯޓަރުންނެއް ނޫނެވެ. ރައީސް މައުމޫނާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީގެ ސަޕޯޓަރުންވެސް ނުކުންނާނެއެވެ. މިއެންމެންނަކީ ރައީސް ޔާމީނަށް ވެރިކަން ހޯދައިދީ ރައީސް ޔާމީނުގެ ވެރިކަން ދަމަހައްޓަން މަސައްކަތް ކޮށްކޮށް ތިއްބައި ރައީސް ޔާމީނު އަނިޔާވެރިވެ "މަށަށްވާނޭ" ވިދާޅުވެ ބޭރުކޮށްލި މީހުންނެވެ.

"ވައުދު ދެމެހެއްޓުމާއި އިޚްލާޞްތެރިވުމާއި އަދުލުވެރިވުމުގެ މުހިންމުކަން" މިއަދު ރައީސް ޔާމީނަށް ވަރަށް ބޮޑަށް ވިސްނިވަޑައިގަންންވާނެއެވެ. އިންސާނުންނަށް ﷲ ތަޢާލާ ބާރާއި އިޚްތިޔާރު ދެއްވަވަނީ އެހެންމީހުންނަށް އަނިޔާވެރި ވުމަށް ނޫންކަންވެސް ވިސްނިވަޑައިގަންނަވާނެއެވެ. އަދުރޭ ފަދަ "ހާމާނުން"ގެ ބަސް ޤަބޫލުފުޅު ކުރެއްވެވުމުން ވީގޮތްވެސް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް