އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތިނަދޫގެ ދާއިރާއަކަށް ނިޔާޒު އިބްރާހީމް ވާދަ ކުރައްވަން ނިންމަވައިފި

ތިނަދޫގެ ދާއިރާއަކަށް ނިޔާޒު އިބްރާހީމް ވާދަ ކުރައްވަން ނިންމަވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 13 ސިކުންތު

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގދ.ތިނަދޫގެ ދާއިރާއަކަށް ކުރިމަތިލެއްވުމަށް ވިސްނުން ގެންގުޅެމުންދާ ކަމަށް ކުރީގެ އޮޑިޓަ ޖެނެރަލް ނިޔާޒު އިބްރާހީމް ވިދާޅުވެއްޖެއެވެ.

 

ތިނަދޫގައި އުތުރު ދާއިރާ އާއި ދެކުނު ދާއިރާ ހިނެމޭއިރު ވާދަކުރައްވާނީ ކޮންދާއިރާ އަށް ކަމެއް ނިޔާޒު އިބްރާހީމް ވިދާޅެއްނުވެއެވެ. ނަމަވެސް ނިޔާޒު އިބްރާހީމަކީ ގދ.ތިނަދޫ އުތުރު ދާއިރާއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ. 

 

އެމްއެމްޕީއާރުސީ ގެ ހިޔާނާތާއި ގުޅޭ އޮޑިޓެއް ރިޕޯޓެއް ނެރުމުން 2014 ވަނަ އަހަރު އޮޑިޓަ ޖެނެރަލްގެ ގާނޫނަށް ބަދަލު ގެނެސް ނިޔާޒު އިބްރާހީމް ވަނީ އެމަގާމުން ދުރުކޮށްފައެވެ. 

 

މި ސަރުކާރުގެ ހިޔާނާތާ ގުޅޭ ގޮތުން 2016 ވަނަ އަލް ޖަޒީރާ އިން ހެދި "ސްޓީލިން ޕެރަޑައިސް" ޑޮކިއުމެންޓްރީ އަށް ދެއްވި އިންޓަވިއުއާ ގުޅިގެން މަރުގެ އިންޒާރުތައް ލިބެން ފެށުމުން ނިޔާޒް އިބްރާހީމް އަމިއްލަ އަށް އަރުވާލެވިގެން ދިރިއުޅުއްވީ ސްރީލަންކާގަ އެވެ.

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު