އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފަހު ދިހައިގަ އަޅުކަންކުރަން ހިފާލަން ހުންނަ މީހާ ގާތީ ގެއްލެނިވެގެންދާ މީހަކުކަމުގައިވުން!

ފަހު ދިހައިގަ އަޅުކަންކުރަން ހިފާލަން ހުންނަ މީހާ ގާތީ ގެއްލެނިވެގެންދާ މީހަކުކަމުގައިވުން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 43 ސިކުންތު

ބަރަކާތްތެރިރަމަޟާންމަހާއި ބައްދަލުވުމުން ފަހު ދިހައިގަ ހިތްވަރުކުރަން ހުންނަ މީހަކަށް ގިނަފަހަރު ހޭވެރިކަންވާނީ މަސް ނިމޭފަހުންނެވެ. ވަގުތު ފާއިތުވެ ނިމޭފަހުންނެވެ. ރަމަޟާން މަހަކީ ދާދި މަދު ދުވަސްކޮޅެކެވެ. އެއީ ގިނަވެގެންވެސް އެންމެ 30 ދުވަހެވެ. ބުރަކޮށް މަސައްކަތްކުރާ މީހަކަށް 30 ދުވަސް ނިމިގެންދާ ގޮތް ނުވެސް އެނގޭނެއެވެ. 

ރަމަޟާން މަސް ނިމިގެންދާއިރު އެމީހަކަށް އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރެވި، އެމީހެއްގެ ފާފަ ނުފުހެވުނު މީހާއަކީ ގެއްލެނިވެގެންވާ މީހެކެވެ. ވީމާ ރަމަޟާން މަސް ފެށުމާއިއެކު އެކަމަށް ދޭން ޖެހޭ ސަމާލުކަން ދީގެން ވީހައި ގިނަ ހެޔޮ އަމަލުތައް ކުރަން މަސައްކަތްކުރަން ވާނެއެވެ. 

ރޯދަ ރޯދައަކަށް ހެދުމަށްޓަކައި ތިމާއަށް އެނގިފައި ހުރި ކަންކަމަށް އަމަލު ކުރަން ޖެހޭނެއެވެ. ކިތަންމެ ގިނަ ކަންތައްތަކެއް އެނގިފައި ހުރި ނަމަވެސް އެކަންކަމަށް އަމަލު ނުކުރާ ނަމަ އެނގިފައިވާ ކަންކަމުން ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. މިކަން ހަނދާންކޮށްދޭން މިޖެހެނީ ރޯދަ ޢާއި ބެހޭ ގޮތުން ގިނަ ބައަކު ވަރަށް ގިނަ ކަންތައްތައް ދަސްކުރި ނަމަވެސް އެކަންކަމަށް އަމަލުކުރަނީ ވަރަށް މަދު މީހަކަށްވާތީއެވެ. 

ރޯދަ މަސް ކާމިޔާބުކުރަން އެދޭ މީހާއަށް އޮތީ ރަމަޟާން މަސް ފެށުމާއިއެކު އަމަލުކުރަން ފެށުމެވެ. ފަހުން ކޮށް ނިންމައިލަން ކަންކަން ނުބެހެއްޓުމެވެ. މިސާލަކަށް ރަމަޟާން މަހު ޚަތިމު ކުރަން ނިންމައިގެން ހުންނަ މީހަކު ނަމަ ރަމަޟާން މަސް ފެށުމާއިއެކު ކޮންމެ ދުވަހަކުވެސް ފޮތެއް ކިޔަވަންވާނެއެވެ. މަސް ނިމިގެންދާއިރު ޚަތިމް ކުރެވޭނީ އެއިރުންނެވެ. 

މިސާލަކަށް ދަމު ނަމާދާއި ތަރާވީޙް ނަމާދު ކުރުމުގެ މުހިންމުކަމާއި އެކަމުން ލިބޭނެ ފައިދާ ކިތަންމެ ރަނގަޅަށް އެނގުނު ނަމަވެސް އެ ނަމާދުތައް ނުކުރާނަމަ ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ ލިބޭނީ ކޮން ސަވާބެއް ހެއްޔެވެ؟ ޖަމާއަތުގައި ފަރުޟު ނަމާދުތައް ކުރުމުން ލިބޭނެ މަތިވެރި ސަވާބު ވެސް އެނގެއެވެ. ނަމަވެސް ޖަމާއަތުގައި ނަމާދު ނުކުރެވޭ މީހަކަށް އެކަމުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް