އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮންމެ ބިމެއްގައި ހުރިނަމަވެސް ތިއަހުރީ ﷲ ތަޢާލާގެ ބިމުގައެވެ! ރޯދަ ނުހިފާ ސަލާމަތެއް ނުވެވޭނެ!

ކޮންމެ ބިމެއްގައި ހުރިނަމަވެސް ތިއަހުރީ ﷲ ތަޢާލާގެ ބިމުގައެވެ! ރޯދަ ނުހިފާ ސަލާމަތެއް ނުވެވޭނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 31 ސިކުންތު

ދިވެހިންގެ ތެރެއިން ބައެއް މީހުންނަކީ ބޭރު ޤައުމުތަކުގައި ދިރިއުޅޭ މީހުންނެވެ. އަނެއްބައި މީހުންނަކީ ތަފާތު ބޭނުންތަކުގައި ބޭރު ޤައުމުތަކަށް ދަތުރުކުރާ މީހުންނެވެ. ކަންކަން ދިމާވާގޮތުން ރޯދަމަސް އަންނައިރު ކޮންމެ ފަދަ ޤައުމެއްގައިވެސް ހުންނަން މެދުވެރިވެދާނެއެވެ. 

މިކެޓަގެރީ ތަފާތުކޮށް ރޯދައަށް ފިލަން ބޭރު ޤައުމުތަކަށް ދަތުރުކުރާ މީހުންވެސް އުޅެއެވެ. އެފަދަ މީހުންނަށް ބުނެލަން އޮތީ ކިތަންމެ ދުރުގައި އޮތް ޤައުމަކަށް ދަތުރުކުރެވިދާނެއެވެ. ކޮޓަރި ތަޅުވެސް ލެވިދާނެއެވެ. ބޭރުގައި ފާރަވެރިއަކުވެސް ބެހެއްޓިދާނެއެވެ. ނަމަވެސް ﷲ ތަޢާލާއަށް އެއްވެސް ކަމެއް ސިއްރެއް ނުކުރެވޭނެއެވެ. ތަޤްވާވެރިކަމަކީ އެކަން ޤަބޫލުކޮށް ޢަމަލުކުރުމެވެ. ތަޤްވާވެރިވުމަކީ އެމީހާ ވީ ކޮންމެ ތަނެއްގައިވެސް ﷲ ތަޢާލާއަށް ބިރުވެތިވުމެވެ. 

މީހާ ހުރީ ކިތަންމެ އެކަހެރި އަދި އަނދިރިތަނެއްގައި ނަމަވެސް ﷲ ތަޢާލާ ޙަރާމް ކުރެއްވެވި ކަމަކަށް އަރައިގަންނައިރު ލަދުވެތިވާނެޖެހެއެވެ. އެހެނީ ކިތަންމެ އެކަހެރި ތަނެއްގައި، ކިތަންމެ އަނދިރި ތަނެއްގައި ކަމެއް ކުރި ނަމަވެސް އެކަން ﷲ ތަޢާލާ ވަގުތުން ބައްލަވައި ވޮޑިގެންވެއެވެ. ވީމާ ﷲ ތަޢާލާ ޙަރާމް ކުރެއްވެވި ކަމަކަށް އެއްވެސް ތަނެއްގައި ހުރެ އަރައި ނުގަތުމަކީ ތަޤްވާވެރިކަމެވެ. 

ތަޤްވާވެރިކަމުގެ މާނައަކީ ކޮންމެ ވަގުތަކު ކޮންމެ އަމަލެއް ކުރި ނަމަވެސް އެމީހަކު ކުރާ އަމަލު ﷲ ތަޢާލާ ބައްލަވައިވޮޑިގެންވާކަން ޤަބޫލުކުރުމުގައި ދެމިހުރުމެވެ. އެގޮތުން ރޯދައަކީވެސް ﷲ ތަޢާލާ އާއި އެމީހަކާއި ދެމެދުގައި އޮތް ސިއްރެކެވެ. ނަމާދުކުރުމާއި ޙައްޖުގެ އަޅުކަން އަދާކުރުމާއި އެހެނިހެން އަޅުކަންތައްތައް ކުރާއިރު މީސްތަކުންނަށް އެމީހާ އެކަންކަން ކުރާތަން ފެނެއެވެ. ނަމަވެސް ރޯދަވެރިއަކު ރޯދައަށް ހުންނައިރު އެކަން އެހެން މީހަކަށް އެނގޭނެ އެއްވެސް ގޮތެއް ނުއޮންނާނެއެވެ. އެ ސިއްރު ދަމަހައްޓަނީ އެމީހެއްގެ ހިތުގައިވާ ތަޤްވާވެރިކަމުގެ ސަބަބުންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް