އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރަމަޟާން މަސް އައުމުން މިސްކިތަށްދާން ތިބާ ހީވާގިވަމުއެވެ! ނަމަވެސް ނަމާދުކުރެވޭ ހެއްޔެވެ؟

ރަމަޟާން މަސް އައުމުން މިސްކިތަށްދާން ތިބާ ހީވާގިވަމުއެވެ! ނަމަވެސް ނަމާދުކުރެވޭ ހެއްޔެވެ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 4 ސިކުންތު

ރަމަޟާން މަސް އައިސް ބައްދަލުކުރުމުން ގިނަބައަކު ބަންގިއަށް ޢިޖާބަދެއެވެ. މިސްކިތަށް އަރައެވެ. އަހަރެން ކޮށްލަން ބޭނުންވާ ސުވާލަކީ ތިބާ މިސްކިތަށް އަރައި ނަމާދުކުރަމުހެއްޔެވެ؟ ޖަމާޢަތުގައިބައިވެރިވިކަން ޔަޤީންކުރި ފަދައިން ނަމާދުކުރެވުނުކަން ޔަޤީންކުރަންހެއްޔެވެ؟  

މިވާހަކަ ދައްކަން މިޖެހެނީ ވަރަށް ބޮޑު ސަބަބެއް އޮތުމުންނެވެ. އެއީ މިސްކިތަށް އަރާ ގިނަބައަކަށް ނަމާދުކުރެވޭ ކަމާއިމެދު ސުވާލު އުފެދޭތީއެވެ. 

ނަމާދުކުރަން ބޭނުންވާނަމަ މިސްކިތަށް އަރަމުން އަހަރެމެންގެ ފައިވާން ބާލައި ބޭރުގައި ބެހެއްޓުމާއިއެކު ދުނިޔޭގެ ބޭނުންތައްވެސް ހިތާއި ވަކިކޮށް މިސްކިތުން ބޭރުގައި ބަހައްޓާށެވެ. 

އެހެނީ ދުނިޔޭގެ ބޭނުންތައް ހިފައިގެން މިސްކިތަށް އަރާ މީހާއަށް ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. އެއީ މިދުނިޔެވެސް އެދުނިޔެވެސް ނުލިބޭނެތީއެވެ. މާނައަކީ އެފަދަ މީހަކަށް ﷲ ތަޢާލާ އަންގަވާފައިވާ ގޮތުގައި ނަމާދު ނުކުރެވޭނެ ކަމެވެ. 

ކިތަންމެ ގިނައިން ތެދުވެފައި ގުދުވިޔަސް  ނިތްކުރި ބިންމަތީގައި ޖައްސާފައި ނެގިނަމަވެސް ނަމާދުކުރިކަމަށްވާނީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ނަމާދުކުރުމުންނެވެ. ވީމާ ޚުޝޫޢަތްތެރިކަމެއް ބެތި ދުނިޔޭގެ އެދުންތައް ކޮނޑަށް ލައިގެން ހުރެ ނަމާދުކުރާނީ ކިހިނަކުން ހެއްޔެވެ؟ ހަމައެކަކަށްވެސް އެކަމެއް ނުކުރެވޭނެއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް