އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިރިއުޅުމަށް ހެޔޮ ބަދަލެއް ނައިސް ލަސްވެގެން ކަންބޮޑުވާނަމަ ތަޅުދަނޑި މިއޮތީ!: ޝައިޚް އަބޫބަކުރު ޒައުދު

ދިރިއުޅުމަށް ހެޔޮ ބަދަލެއް ނައިސް ލަސްވެގެން ކަންބޮޑުވާނަމަ ތަޅުދަނޑި މިއޮތީ!: ޝައިޚް އަބޫބަކުރު ޒައުދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 12 ސިކުންތު

އިންސާނުން އެންމެ ބޮޑަށް ކަންބޮޑުވާ އަދި މާޔޫސްވާ އެއްކަމަކީ އެމީހުންގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ނައިސް ލަސްވަމުން ދިއުމެވެ. އަބަދު ދަތިޙާލުގައި އުޅެން ޖެހުމެވެ. ނުވަތަ ކުރިމަތިވެފައިވާ ދަތިތަކާއި މުޞީބާތުން ސަލާމަތް ނުވެވި ދިގުލައި ދިއުމެވެ. 

މިފަދަ ކަމެއް ކުރިމަތިވެފައިވާ މީހުންނަށް ބުނެލަން އޮތީ ފުރަތަމަ ތިބާ ހީވާގިވެލާށެވެ! ކަންނެތްވެ ނިދަން ނުއޮވެ ހޭލައި ފަތިސްް ނަމާދުކުރާށެވެ! އަދި ފަތިސް ނަމާދަށްފަހު ވީހައި ގިނައިރު ޛިކުރުކުރަން މަޑުކުރާށެވެ! 

އެންމެ މަތިވެރި ޛިކުރަކީ ކީރިތި ޤުރްއާންކަން ޔަޤީނެވެ. އެހެނަސް ފަތިސްނަމާދަށްފަހު އިރުއެރުމާއި ދެމެދު އޮންނަ ވަގުތުކޮޅު ޛިކުރުކުރުން ކުރިއަށް ނެރޭށެވެ! އަދި ކޮންމެވެސް މިންވަރަކަށް ޤުރްއާންވެސް ކިޔަވާށެވެ! ޛިކުރުކޮށްފައި ޤުރްއާން ކިޔަވަންފަށާށެވެ! 

މިހެން މިބުނަނީ ޤުރްއާން ކިޔެވުމަކީ ހުރިހާ ވަގުތުތަކެއްގައިވެސް ކުރެވެން އޮތް ކަމެކެވެ. ނަމަވެސް ފަތިހުގެ ވަގުތުކޮޅު ފާއިތުވުމުން ހެނދުނުގެ ޛިކުރުތަކެއް ނުކިޔޭނެއެވެ. އެއީ ވަކި ވަގުތެއްގައި ކުރަން އޮތް ކަމަކަށްވާތީއެވެ. 

ގޮތް ބަލައިލަންވެސް ފަތިސް ނަމާދަށްފަހު ޛިކުރުކުރުމުގައި ވަގުތު ހޭދަކުރަން ފަށައިބަލާށެވެ! އިސާހިތަކު ޙާލަތު ބަދަލުވެގެންދާނެއެވެ! އިން ޝާ ﷲ. އެހެނީ ﷲ ތަޢާލާގެ ރައްކައުތެރިކަން ލިބުމާއި ރިޒްޤް ތަނަވަސްވުމާއި ކުރާ މަސައްކަތްތަކުގައި ބަރަކާތް ލެއްވެވުން އެންމެ ބޮޑަށް ގުޅިފައިވަނީ ފަތިހު ޛިކުރުކުރުމާއިއެވެ. 

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް