އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ގިނަބައަކަށް ރުޤްޔާގެ ފައިދާ ނުކުރަނީ ޝައިޠޯނުންނަށް ހިތްހުލުވާލައިގެންހުރެ ރުޤްޔާކުރެވޭތީ!

ގިނަބައަކަށް ރުޤްޔާގެ ފައިދާ ނުކުރަނީ ޝައިޠޯނުންނަށް ހިތްހުލުވާލައިގެންހުރެ ރުޤްޔާކުރެވޭތީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 2 ސިކުންތު

ރުޤްޔާކުރަންޖެހޭ ބާވަތުގެ ކަމެއް ކުރިމަތިވެގެން އަމިއްލައަށް ރުޤްޔާކުރިނަމަވެސް އަދި މީހަކު ލައްވައި ރުޤްޔާކުރިނަމަވެސް ތިމާކުރަންޖެހޭނެ ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ. 

1 ﷲ ތަޢާލާގެ ޙައްޤުފުޅުތަކަށް ފުރިހަމައަށް ރައްކައުތެރިވެހުރުން. ނަމާދެއް ނުއެޅުން. 

ޙަދީޘްފުޅުގައިވަނީ ކާފިރުކަމާއި މުސްލިމުންނާއި ވަކިކޮށްދޭ ކަމަކީ ނަމާދު ކަމަށެވެ. ނުވަތަ ނަމާދު އެޅުންކަމަށެވެ. މީހަކު ޤަވާއިދުން ފަރުޟު 5 ނަމާދު ނުކުރާނަމަ އެމީހަކަށް އެހުރެވެނީ ޝައިޠޯނާއަށް އެމީހަކާއި ކައިރިވެވޭނެ މަގުފަހިކޮށްދީގެންނެވެ. 

އެފަދަ މީހުންގެ މިސާލަކީ ޝައިޠޯނާއަށް ދައުވަތުދީގެން ގޭގެ ދޮރުތައް ހުޅުވާލާފައި ހުންނަ ގެއެއްގެ މިސާލެވެ. ބޭނުން ވަރަކަށް ވަދެފައި ނުކުންނަންވީއެވެ. އެއްވެސް ހުރަހެއް ނެތެވެ. 

ފަރުޟު ފަސް ނަމާދު ޤަވާއިދުން އަދާނުކުރާ މީހާގެ ހިތަކީވެސް ހަމަ އެފަދަ އެއްޗެކެވެ. އެހިތް އެވަނީ ޝައިޠޯނާއަށްޓަކައި ހުޅުވައިލެވިފައެވެ. ވަންނާނެ އިރަކު ވަންނާނެވަރަކަށް ވަދެވަދެފައި ނުކުންނަންވީއެވެ! 

ވީމާ އަމިއްލައަށް ރުޤްޔާކުރި ނަމަވެސް މީހަކު ލައްވައި ރުޤްޔާ ކުރުވިނަމަވެސް ފުރަތަމަކަމަކަށް ތިމާއަކީ ފަރުޟް 5 ނަމާދު ފުރިހަމައަށް އަދާކުރާ މީހަކު ކަމުގައިވާންޖެހޭނެއެވެ! ނޫންނަމަ ކިތަންމެ ބުރަކޮށް މަސައްކަތްކުރިނަމަވެސް ނަތީޖާއެއް ހަމަ ނުފެނިދާނެއެވެ!

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް