އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތިބާއަށްޓަކައި ސުވަރުގޭގެ 8 ދޮރުކޮޅު ހުޅުވާލައްވަވައި ބޭނުން ދޮރަކުން ވަނުމުގެ ފުރުޞަތު ދެއްވަވާ ދުޢާ

ތިބާއަށްޓަކައި ސުވަރުގޭގެ 8 ދޮރުކޮޅު ހުޅުވާލައްވަވައި ބޭނުން ދޮރަކުން ވަނުމުގެ ފުރުޞަތު ދެއްވަވާ ދުޢާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 18 ސިކުންތު

ﷲ ތަޢާލާގެ ދީލަތިވަންތަކަން ނިކަން ދެކިބަލާށެވެ! ނަމާދުކުރުމުގެ ކުރިންވެސް ތިބާއަށްޓަކައި ސުވަރުގޭގެ 8 ދޮރުކޮޅު ހުޅުވާލައްވަވައި ތިބާ ބޭނުން ދޮރަކުން ވަނުމުގެ ފުރުޞަތު ﷲ ތަޢާލާ އެބަ ދެއްވަވައެވެ. 

މިޙަދީޘްފުޅުން އެކަން ޔަޤީންވެގެންދެއެވެ. 

عَنْ عُمَرَ بْنِ الْخَطَّابِ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ

 مَنْ تَوَضَّأَ فَأَحْسَنَ الْوُضُوءَ ثُمَّ قَالَ أَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ اللَّهُمَّ اجْعَلْنِي مِنْ التَّوَّابِينَ وَاجْعَلْنِي مِنْ الْمُتَطَهِّرِينَ فُتِحَتْ لَهُ ثَمَانِيَةُ أَبْوَابِ الْجَنَّةِ يَدْخُلُ مِنْ أَيِّهَا شَاءَ

55 سنن الترمذي كتاب الطهارة باب فيما يقال بعد الوضوء

55 المحدث الألباني خلاصة حكم المحدث صحيح في صحيح الترمذي

Umar ibn al-Khattab reported: The Messenger of Allah, peace and blessings be upon him, said, 

“Whoever performs ablution in the best manner and he says, ‘I bear witness there is no god but Allah alone, without any partners, and I bear witness that Muhammad is his servant and his messenger. O Allah, make me among those who repent and make me among those who purify themselves,’ then the eight gates of Paradise will be opened for him and he may enter through whichever he wishes.”

Source: Sunan al-Tirmidhī 55

Grade: Sahih (authentic) according to Al-Albani

ވީމާ ވުޟޫކުރާއިރު އެންމެ ފުރިހަމައަށް ޢަމަލުކުރާށެވެ! އެއިގެ މާނައަކީ ވީހައި ފުރިހަމައަސް ގުނަވަންތަކުގައި ފެންޖެއްސުމެވެ. ބިސްމިﷲ ކިޔައިގެން ވުޟޫކުރަން ފެށުމެވެ. އަދި މި މަތިވެރި ނިޢްމަތް ލިބިގެންދާނީ ވުޟޫކޮށް ނިމިގެން މި ޙަދީޘފުޅުގައިވާ ދުޢާ ކުރުމުންނެވެ. 

އެ ދުޢާއަކީ: 

أَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ اللَّهُمَّ اجْعَلْنِي مِنْ التَّوَّابِينَ وَاجْعَلْنِي مِنْ الْمُتَطَهِّرِينَ

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް