އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހުތް ފެލާފަ ތޮށި އުކާނުލާތި - ހަމައެކަނި ލުނބޯ ޖޫހުންވެސް ބަނޑުން ސަރުބީ މަދުކުރެވިދާނެ!

ހުތް ފެލާފަ ތޮށި އުކާނުލާތި - ހަމައެކަނި ލުނބޯ ޖޫހުންވެސް ބަނޑުން ސަރުބީ މަދުކުރެވިދާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 51 ސިކުންތު

ބަނޑުގައި ޖަހާފައި ހުންނަ ސަރުބީ ވިރުވަން ތަފާތު ބާވަތްތައް ބޭނުންކޮށްގެން ހަދާ ޖޫސްތައް ތަފާތު ސަބަބުތަކާއިހުރެ ނުބޮވޭ މީހުންވެސް ތިބެއެވެ. ބައެއް ބާވަތް ނުލިބުމާއި ގިނަ ޞާވަތްތައް ވުމުން ހޯދަން ވަގުތުނުވުންވެސް ހިމެނެއެވެ. 

ވީމާ މިއަދު މިބުނެލަދެނީ ހަމައެކަނި ލުނބޯ ބޭނުންކޮށްގެން ޖޫހެއް އުފައްދާނެ ގޮތެވެ! ކޮންމެ ގެއަކުވެސް އަބަދުވެސް ލުބޮ ހުންނާނެ ނޫންހެއްޔެވެ؟ 

ތައްޔާރުކުރާނެ ގޮތް:

1- ހެޔޮވަރު ބޮޑު 5 ލުނބޯ ނަގައި ދޮވެލާށެވެ! ދެން ކިބަކޮށްލައި ރަނގަޅަށް ހުތްކޮޅު ފެލައި ތަށްޓަކަށް އަޅާށެވެ. 

2- ހުތްފެލި ލުބޯ ކިތައް 2 ލިޓަރު ފެނުގައި ކައްކާލައި އެއިގައިހުރި ފައިދާކޮޅު ފެންފޮދަށް ވައްދައިލުވާށެވެ! 

3- ތާފަނާކަން ހުންނަ ވަރަށް ހިހޫވުމުން ކުރިން ފެލި ހުތް ފެނުގެތެރެއަށް އަޅާލައި ސަމުސަލަމުން އެއްކޮށްލާށެވެ! ޖޫސް ތިއަހަރީ ތައްޔާރުވެފައެވެ. 

އަހަރެންގެ ތަޖުރިބާއިން ބޮޑަށް ސަރުބީ ވިރެނީ ތާފަނާ ފެނުގައި ލުނބޯ ޖޫސް ބުއިމުންނެވެ. 

މިބުނެދިން ވަރަށް ހަދައިފިނަމަ ފްރިޖުގައި ބަހައްޓަންޖެހޭނެއެވެ. ނމަވެސް ކޮންމެ ފަހަރަކު ތައްޔާރު ކުރަން އުނދަގޫވާނެ މީހުން ތިބޭނެތީ ފަސޭހަވާނެ ގޮތަށް ބުނެލީއެވެ. 

މީގެ އިތުރުންވެސް ބުނެލަމެވެ. ކެއްކުމުގެ ކަންކަމަށް ހުތްފެލުމަށްފަހު ތޮށިތައް އުކައިނުލާށެވެ! 

ކޮންމެ ގެއެއްގައިވެސް ކޮންމެ ދުވަހަކުހެން ކޮންމެވެސް ވަރަކަށް ލުނބޯހުތްފެލާނެއެވެ. ތޮށިތައް އުކާލުމުގެ ކުރިން ކުރިން މިބުނި ފަދައިން ފެންފޮދެއްގައި ކައްކާލައި އެފެން ބޯށެވެ! ހަށިގަނޑަށް ހީވެސް ނުކުރާހައި ގިން ގޮތްގޮތުން ފައިދާކުރާނެއެވެ. 

- ފަޒީގެ ތަޖުރިބާއިން

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު