އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުޑަކުދިން ރޯދަ ހިފަން ޝައުޤްވެރިކުރުވަންވީ މިމަގުން! ހަމައެކަނި އިނާމު ދިނުމަކުން ނުފުދޭނެ!: ޝައިޚް އަބޫބަކުރު ޒައުދު

ކުޑަކުދިން ރޯދަ ހިފަން ޝައުޤްވެރިކުރުވަންވީ މިމަގުން! ހަމައެކަނި އިނާމު ދިނުމަކުން ނުފުދޭނެ!: ޝައިޚް އަބޫބަކުރު ޒައުދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 27 ސިކުންތު

ބައެއް މުސްލިމް ޢާއިލާތަކުން ކުދިން ރޯދަހިފަން ޝައުޤުވެރިކުރުވުމުގެ ގޮތުން ފައިސާގެ އިނާމާއި އެހެންވެސް އިނާނުތައް ހުށަހަޅައެވެ. އެކަން ނުކުރާކަށް ނުބުނަމެވެ. ނަމަވެސް ބުނަން އޮތީ އެވަރުން އަދި ނުފުދޭ ކަމަށެވެ. 

އެންމެ ކުޑައިރުންސުރެ ރޯދަ ހިފުމުން ﷲ ތަޢާލާ ދެއްވަވާނެ ޘަވާބުގެ މަތިވެރިކަން ކިޔައިދޭށެވެ. ކުދިންގެ ހިތްތަކުގައި ﷲ ތަޢާލާއަށް ލޯބި އުފައްދުވަން ގަދައަޅައި މަސައްކަތްކުރާށެވެ! ސުވަރުގެ ލިބުންވަނީ ﷲ ތަޢާލާއަށް ލޯބިވުން އިތުރުކޮށްގެންކަން ކުދިންގެ ހިތްތަކުގައި ހަރުލައްވަން މަސައްކަތްކުރާށެވެ. 

ހަމައެކަނި ލިބޭ އިނާމަށް ރޯދަހިފާނަމަ ބޮޑެތިވުމުން ރޯދަހިފަން ޝައުޤުވެރިކަމެއް ނުހުންނާނެއެވެ. ވީމާ ކުދިންނަށް ވިސްނައިދޭންވީ ރޯދަ ހިފުމަކީ އެންމެ ގިނަ ޘަވާބު ދެއްވަވާ އަޅުކަންކަމެވެ. ކުދިން ޝައުޤުވެރިކުރުވަންވީ ގިނަ ޘަވާބު ހޯދުމަށެވެ. 

މީގެ އިތުރުން ޢީދުގައި އަހަރެމެން ދުނިޔޭގައި އުފާކުރިނަމަވެސް ޙަޤީޤީ އުފާވެރިކަން ލިބުން އޮތީ ރޯދަހިފުމުންކަން ކުދިންނަށް ވިސްނައިދޭށެވެ. އަދި އުފާވެރިކަމާއި ހިތްހަމަޖެހުމަކީވެސް ﷲ ތަޢާލާ ދެއްވަވާ ނިޢްމަތެއްކަން ކުދިންނަށް ވިސްނައިދޭށެވެ. 

ރޯދަ ހިފުމުން މައިންބަފައިން ކިތަންމެ އަގުބޮޑު އިނާމެއް ދިންނަމަވެސް ﷲ ތަޢާލާ ދެއްވަވާނެ ޘަވާބާއި އަޅައިބަލައިފިނަމަ އެއީ އެއްވެސް އެއްޗެއް ނޫންކަން ކުދިންނަށް ވިސްނައިދޭށެވެ. އެއިރުން އެހައިގިނަ ޘަވާބު ހޯދަން ކުދިންގެ ހިތުގައި ޝައުޤުވެރިކަން އުފެދޭނެއެވެ. އިން ޝާ ﷲ 

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް