އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮވިޑުވެސް އެހެން މުޞީބާތްތައް ކުރިމަތިކުރައްވާ ސަބަބާ ﷲ ތައާލާގެ ގަދަފަދަ އިންޒާރުގެ ބަސްފުޅު އެންމެ 3 ޢާޔަތުން!

ކޮވިޑުވެސް އެހެން މުޞީބާތްތައް ކުރިމަތިކުރައްވާ ސަބަބާ ﷲ ތައާލާގެ ގަދަފަދަ އިންޒާރުގެ ބަސްފުޅު އެންމެ 3 ޢާޔަތުން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 8 ސިކުންތު

ކޮރޯނާ ވައިރަސް ކިޔާ އިންސާނުންގެ ލޮލަށްވެސް ނުފެންނަ ކުޑަކުޑަ ވައިރަސްއެއް މިވަނީ މުޅިދުނިޔެ ކުޑަކަކޫ ޖައްސުވައިފައެވެ. ސަލާމަތްވުމަށް އަޅާ ފިޔަވަޅުތަކުން ޤައުމުތަކުގެ އިޤްޠިޞާދު މިވަނީ އިނދަޖެހިފައެވެ. އިނދަޖައްސާލުމަށްފަހު ލުއިތަކެއް ދެއެވެ. އެނބުރި އައިސް ކުރިއަށްވުރެ ބޮޑެތި ގެއްލުންތައް ދެއެވެ. 

މުޅި ދުނިޔެ މިހާލެއްގައި އުޅޭތާ 2 އަހަރުފުރެން ގާތްވަނީއެވެ. ކުރެވުނު ހަމައެއްވެސް ކަމެއް ނެތެވެ. ހަމައެކަނި މުދައު އުފުލުމަށް ބަލާށެވެ. ބޯޓުފަހަރުގައި މުދައު ކޮންޓޭނަރެއް އުފުލައި އުޅުނު އަގު މިހާރު މިވަނީ ދެގުނައަށް ބޮޑުވެފައެވެ. ފްލައިޓްތަކުން ދަތުރުކުރުމާ ފްލައިޓްތަކުގައި މުދައު އުފުލުމުގެ އަގުވެސް އަދިވެސް ދަނީ ބޮޑުވަމުންނެވެ. 

ސައިންސްގެ ގޮތުން އުދުހި ޖައްވާ ފަޒާގައި ދަތުރުކުރަމުން ގެންދާ މިފަދަ ޒަމާނެއްގައި އަދިވެސް ހަމަ އެކުޑަކުޑަ ވައިރަސްގެ ސަބަބުން މީހުން މަރުވަނީއެވެ. ހުއްޓުވަން ކުރެވޭ ކަމެއް އޮތްކމަކަށް ނުވެއެވެ. ހޯދުނު ވެކްސިން ޖެހުމުން ދެން ޖެހޭއިރު ބައެއް މީހުންނަށް ޖެހެނީ މާބާރުގަދަކޮށެވެ. ފުރާނައަށް ނުރައްކާ އިތުރުވާފަދަ ހާލަތެއްގައެވެ. ފުރާނަ ސަލާމަތްވާއިރު އެހެން ގުނަވަންތަކަށް ހުންނަނީ ބޮޑެތި ގެއްލުންތައް ލިބި ފަސޭހަ ނުކުރެވޭނެ ޙާލަތުގައެވެ. 

މާތް ﷲ ގަންދީ ބުނަމެވެ. އަހުރެންގެ ވިސްނުމުން މިހުރިހާ ކަންކަން މިފަދައިން ކުރިމަތިވާ ސަބަބު ކީރިތި ޤުރްއާނުގެ އެންމެ 3 އާޔަތުން މިއޮތީ ފެންނާށެވެ. މި 3 އާޔަތަށް ނުވިސްނައި ބިރުވެތިވެ ކޮވިޑަކުންވެސް އެހްނވިޑަކުންވެސް ސަލާމަތެއް ނުވެވޭނެއެވެ. 

ﷲ ތަޢާލާ ވަޙީކުރައްވަވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ.:

(63) ކަލޭގެފާނު ވިދާޅުވާށެވެ! އެއްގަމާއި، ކަނޑުގެ އަނދިރިތަކުގެ ތެރެއިން (އެބަހީ: އެއްގަމާއި، ކަނޑުގެ ބިރުވެރިކަމުގެ ތެރެއިން) ތިޔަބައިމީހުން މިންޖުކުރާނީ ކާކު ހެއްޔެވެ؟ މަޑުމޮޅިކަމާއި، ވަންހަނާ ގޮތުގައި، ތިޔަބައިމީހުން އެކަލާނގެއަށް دعاء ކޮށް ދަންނަވަމުއެވެ. ހަމަކަށަވަރުން، އެކަލާނގެތިމަންމެން މިކަމުން ސަލާމަތްކުރައްވައިފިނަމަ، شكرވެރިވާ މީހުންގެތެރެއިން ހަމަކަށަވަރުން ތިމަންމެން ވާހުށީމެވެ. (سورة الأنعام 63)

(64) ކަލޭގެފާނު ވިދާޅުވާށެވެ!  އެކަމުންވެސް އަދި ކޮންމެ ހިތާމައަކުންވެސް ތިޔަބައިމީހުން ސަލާމަތްކުރައްވާނީ ﷲ އެވެ. ދެން އެއަށްފަހުވެސް، ތިޔަބައިމީހުން شريك ކުރަމުއެވެ. (سورة الأنعام 64)

(65) ކަލޭގެފާނު ވިދާޅުވާށެވެ! އެކަލާނގެއީ، ތިޔަބައިމީހުންގެ (ބޯ) މަތިން ނުވަތަ ތިޔަބައިމީހުންގެ ފައިތަކުގެ ދަށުން، ތިޔަބައިމީހުންގެ މައްޗަށް عذاب އެއް ފޮނުވުމަށް ނުވަތަ ތިޔަބައިމީހުން ބައިބަޔަށް ވަކިކުރައްވައި ތިޔަބައިމީހުންގެ ތެރެއިން އެއްބަޔެއްގެ ބާރުގެ ރަހަ، އަނެއްބަޔަކަށް ދެއްކެވުމަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. ތިމަންރަސްކަލާނގެ آية ތައް އެކި ގޮތްގޮތަށް ބަޔާންކޮށް ދެއްވަވަނީ، ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ! (އެއީ) އެއުރެން ވިސްނުމަށްޓަކައެވެ.  (سورة الأنعام 65)

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް